Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

މާދަމާ މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް

މާދަމާ މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.

މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ބީޗް ކްލީންއަޕް ނުވަތަ ރަށްރަށުގެ އައްސޭރިފަށް ސާފުކުރަން ޕާލޭ މޯލްޑިވްސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މިކަން ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި މަޓީ ވެސް ގުޅިގެންނެވެ.

"މޯލްޑިވްސް ފޯ ދި އޯޝަން"ގެ ނަމުގައި ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު ހެނދު 6:00 އިން ހަވީރު 6:00 އަށެވެ. ޕާލޭ އިން ބުނީ މި ހަރަކާތް މުޅި ރާއްޖޭގެ 250 އަށް ވުރެ ގިނަ ރަށުގައި ކުރިއަށް ދާނެ ކަމަށެވެ.
ގޮނޑުދޮށްތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުތަކާ ގުޅޭ ހުށަހެޅުންތަކާއި އެ އިވެންޓުގެ ހަރަކާތްތައް ޓީވީން ވަގުތުން ދައްކަން ވެސް ހަމަޖެހިފައިވެ އެވެ.

މި ހަރަކާތުގެ މައިވަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގަނެ، ބާރުއަޅަން ހިތްވަރު ދިނުމެވެ.