ކޮމަންވެލްތު ފައުންޑޭޝަނުން އެކުލަވައިލާ މަދަނީ ޖަމިއްޔާތަކާއިބެހޭ ހާއްސަ ބޯޑުން އޭޝިޔާ ތަމްސީލުކޮށްދޭ ގަވަރުނަރުގެ ގޮތުގައި, ވިމެން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ބާނީ ސާފަތު އަހުމަދު ޒާހިރު އައްޔަންކޮށްފި އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލެވުނު ފުރުސަތުގެ ދަށުން ކޮމެންވެލްތުގެ 5 ސަރަހައްދު ކަމުގައިވާ, އެފްރިކާ, އޭޝިޔާ, ކެރޭބިޔަން އެންޑް އެމެރިކާސް, ޕެސިފިކް އަދި ޔޫރަޕް, މިއިން ކޮންމެ ސަރަހައްދަކުން 1 ގަވަރުނަރު އައްޔަންކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ސަފާތު ހޮވިފައިވަނީ އޭޝިޔާއިން ކުރިމަތިލި 600 އެއްހާ ފަރާތްތަކުގެ ތެރެއިންނެވެ.
I am deeply humbled and honored to have been appointed as one of the five Civil Society Advisory Governors (CSAG) to the Board of the @commonwealthorg. Over the next two years, I’ll serve the Asian Region within the CSAG mechanism and pledge to be a strong advocate for the voices… pic.twitter.com/PaFfQH5eRo
— Safaath Ahmed (@safaathahmed) June 16, 2023
ކޮމަންވެލްތުގެ މަދަނީ ޖަމިއްޔާތަކާއި ބެހޭ ހާއްސަ ބޯޑުގައި އޭޝިޔާ ބައްރު ތަމްސީލުކޮށްދޭ ގަވަރުނަރުގެ ހައިސިއްޔަތުން ކޮމަންވެލްތް ފައުންޑޭޝަންގެ ޑިރެކްޓަރ ޖެނެރަލްއާއި ގާތުން މަސައަކަތް ކުރުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކޮންޓެންޓު އެޑްވައިޒަރީ ކޮމިޓީ ފޯރ ކޮމަސްވެލްތް ޕީޕަލް އަދި ކޮންމެ އަހަރަކު ބާއްވާ ބޯޑް އޮފް ގަވަނާރސް ބައްދަލުވުންތަކާއި އަދިވެސް އެހެނިހެން އެގްޒެކެޓިވް ކޮމިޓީތަކުގެ ބައްދަލަވުންތަކުގައި އޭޝިޔާ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
Representing Asia, @safaathahmed has a passion for women’s rights and an impressive track record of civil society engagement. Safaath is also a recipient of the Queen’s Young Leader Award. pic.twitter.com/x6R5Sd9WWB
— Commonwealth Foundation (@commonwealthorg) June 16, 2023
ސަފާތު ވިދާޅުވީ އުންމީދަކީ މިފަދަ މުހިއްމު މަގާމެއގައި ހުރެ ކޮމަންވެލްތުގެ ލަނޑުދަނޑިތައް ކަމުގައިވާ މިންތީގެ ހަމަހަމަކަން, ޑިމޮކްރަސީ އަދި އިންސާނީ ހައްގުތައް ހިފެހެންޓުން ފަދަ ކަންކަން ހާސިލްވާނޭ ފަދައިން އޭޝިޔާ ސަރަހައްދުގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށެވެ. އެގޮތުން އެފަރާތްތަކުގެ އަޑުއުފުލައިދީ ކުރިއަށް އޮތް މުސްތަގުބަލުގައި ލިބޭ ފުރުސަތުތައް ފަހިކޮށްދީ އޭޝިޔާ ސަރަހައްދުގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ އޭނާގެ އަޒުމް ކަމަށް ސަފާތު ވިދާޅުވި އެވެ.