Last Updated: November 24, 10:22
Sunday, November 24, 2024
ޚަބަރު

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ހިތަދޫ މީހަކު އުމުރަށް ޖަލަށް!

ޑައިމޯފިން ޓްރެފިކް ކުރި މައްސަލަ އެއްގައި ސ.ހިތަދޫ މީހަކު 100000 ރުފިޔާ އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ސ. ހިތަދޫ ޖެމިސްކޯ މުހައްމަދު ޝަރީފު ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކްމްގައި ވަނީ، "ދަޢުލަތުން ކުރި ދަޢުވާގައި ބުނެފައިވާ މަސްތުވާތަކެތި މުޙައްމަދު ޝަރީފްގެ އަތުން ފެނިފައިވާކަން މުޙައްމަދު ޝަރިފުގެ އިޢުތިރާފުން އެނގެން އޮންނާތީއާއި އެތަކެތީގެ ބަރުދަނުގައި 100.9436 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހުލީލު ރިޕޯޓުން އެންގެން އޮންނާތީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން މުޙައްމަދު ޝަރީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ ދަށުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، މުޙައްމަދު ޝަރީފް ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށެވެ."

ފުލުހުން ، މުހައްމަދު ޝަރީފް ހައްޔަރުކޮށްފައި ވަނީ މާލެ އިން ހިތަދޫ އަށް ދަތުރު ކުރި ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބިގެން 2012 ވަނަ އަހަރުއެވެ.