"މޯލްޑިވްސް ފޯ ދި އޯޝަންސް" ގެ ނަމުގައި އިއްޔެ މުޅި ރާއްޖޭގައި ޕާލޭ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރޭގައި 2،300 ޓަނަށް ވުރެ ކުނި ނަގައިގި އެވެ.
ހާއްސަކޮށް ރަށްރަށުގެ ހޭޅިފަށާއި އަތިރިމަތި ސާފުކުރަން އިއްޔެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ޖުމްލަ 2،325 ޓަނުގެ ކުނި ނަގާފައިވެ އެވެ. އެެއީ 129 ބީޗް ސަރަހައްދާއި ކަނޑުއަޑީގެ 52 ސަރަހައްދެއް ސާފުކޮށްގެންނެވެ.
Taking place today in Maldives – a massive event by @parleymv is underway with coastal cleanups and events across over 300 islands, alongside underwater cleanups, live TV and radio lectures and more! 🇲🇻🏝
Learn more and take the pledge…https://t.co/YpBxhWQOP1 https://t.co/yDCyGUu87d
— Parley (@parleyforoceans) June 17, 2023
މި ހަރަކާތުގައި ރާއްޖޭގެ 275 ރަށަކާއި 76 ރިސޯޓެއްގެ އިތުރުން 205 ސްކޫލަކުންނާއި ގިނަ ކުންފުނިތަކުން ވެސް ވެސް ބައިވެރިވި އެވެ. މިއީ ޕާލޭ މޯލްޑިވްސް އާއި އެޑިއުކޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ މަޓީ) ގުޅިގެން ހިންގި ހަރަކާތެކެވެ.
Vice President @FaisalNasym has taken the Ocean Pledge!
🔗 https://t.co/NgEtDyRSBn #maldivesfortheoceans #parleyAIR@parleymv pic.twitter.com/3ZpYKTZLTI
— Ministry of Education (@MoEdumv) June 17, 2023
"މޯލްޑިވްސް ފޯ ދި އޯޝަންސް" ގައި ތިމާވެއްޓާއި ކަނޑުފަޅު ޙިމާޔަތްކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ކުރުމަށް "އޯޝަން ޕްލެޖް" ގެ ނަމުގައި ސޮއިކިރުމުގެ ހަރަކާތެއް ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ. އޭގައި ރައީސް އިބްރާހީމް މުހައްމަދު ޞޯލިހިގެ އިތުރުން ނައިބު ރައީސާއި ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ސޮއިކުރެއްވި އެވެ.
ޕާލޭ މޯލްޑިވްސް އިން ބުނީ ޕްލެޖްގައި 16،333 މީހަކު ސޮއިކޮށްފައިވާ ކަމަށެވެ.