ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވުމާއި އަދި މަޖިލީހުގެ އިމްތިޔާޒުތަކަށް ވެސް އެ މަނިކުފާނު އަރައިގެންފައިވާތީ މަޖިލީހުގެ ރައީސަށް ލިބިދޭ ހުރިހާ އިނާޔަތެއް މަޖިލީހުން ނަޝީދަށް ދިނުން ހުއްޓާލަން ޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދު މިހާރު މަޖިލީހުގެ ރައީސްކަމުގައި ދެމިހުންނެވީ ގާނޫނާ ހިލާފަށް ކަމަށެވެ.
50 members ithubaaru nei kamah husha elhumun gadha baarun @MohamedNasheed magaamu ga dhemi hunnavanee gaanoonaa khilaafah @mvpeoplesmajlis Raees akah onna hurihaa inaayatheh kandaalan jehey. Magaamuga ithurah dhemi hurumuge evves haggeh nei
— Ibrahim Shareef (@AdduShareef) June 18, 2023
"އެހެންވީމަ މަޖިލީހުން ނަޝީދަށް ދޭ ހުރިހާ އިނާޔަތެއް ކަނޑާލަން ޖެހޭ. މަގާމުގައި އިތުރަށް ދެމިހުރުމުގެ އެއްވެސް ހައްގެއް ނެތް." 50 އަށް ވުރެ ގިނަ މެމްބަރުން ސޮއިކުރައްވައި ނަޝީދު ވަކިކުރަން ހުށަޅާފައިވާތީ މަވޯޓާ ވިދާޅުވި އެވެ.
Ithubaaru nei kamuge masala eh husha elhumun @mvpeoplesmajlis hisoaru koh Qaanoonu Asaasee ge baaru kanduvaalumuge furusath @MohamedNasheed ah dhevijje nama Dhaulathuge ehen verinnah ves e furusath fahivegen nudhaan vee sababeh nei. Mee varah nurakkaatheri kameh
— Ibrahim Shareef (@AdduShareef) June 18, 2023
އޭނަ ވިދާޅުވީ ނަޝީދު މިހާރު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް ދައުލަތުގެ އެހެން މުއައްސަސާތަކުގެ ވެރިން ވެސް އަމަލު ކުރަން ފައްޓަވައިފި ނަމަ ނިކުމެދާނެ ނަތީޖާއެއް ހިތަށް ގެންނަން ވެސް އުނދަގޫ ކަމަށެވެ. އެގޮތުން މުޅި ނިޒާމު ބޮއްސުންލައި، ރާއްޖޭގައި ގާނޫނީ ވެރިކަމެއް ވެސް ނޯންނާނެ ކަމަށް މަވޯޓާ ވިދާޅުވި އެވެ.
Majlis Raees kamuge magaamu ga gadha baarun hifahattaigen ulhuvvaa @MohamedNasheed vanee @mvpeoplesmajlis ge imthiyaazah ves araivadaigenfa , gaanoonu asaasee ge baaru kanduvaalumuge ithurun. Miyakee rule of law Raajje in nethigen hingaidhaane fadha nurakkaatheri amaleh
— Ibrahim Shareef (@AdduShareef) June 18, 2023
"އެއްވެސް މީހަކަށް މަޖިލިސް ހިސާރުކުރުމަށް ދޫނުކުރެވޭނެ. މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ގަދަބާރުން ހިފަހައްޓައިގެން އުޅުއްވާ ނަޝީދު ވަނީ މަޖިލީހުގެ އިމްތިޔާޒުތަކަށް ވެސް އަރައިގަނެ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައި،" އޭނަ ވިދާޅުވި އެވެ. "މިޔަކީ ރޫލް އޮފް ލޯ ރާއްޖެއިން ނެތިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި އަމަލެއް."
މަވޯޓާ ވަނީ ނަޝީދު މަޖިލިސް ހުއްޓުވުމަކަށް ގެނެސް "ޑްރާމާ ކުޅުއްވާތީ" މަޖިލީހުގައި އެޅިފައި އޮތް މަރުތަޅު ނައްޓަން ނަޝީދުގެ މައްޗަށް ދައުވާ ވެސް ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.