އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ހުސްވެފައިވާ ގޮޑިއަށް މާދަމާ ބާއްވާ ބައި އިލެކްޝަންގެ އެންމެ ފަހުގެ ތައްޔާރީ ތައް ނިމިފަިއވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފިއެވެ.
އިލެކްޝަން ކަމިޝަނުންގެ އިސް އޮފިޝަލަކު ވިދާޅުވީ ފޭދޫ ދާއިރާގެ ބައި އިލެކްޝަންގައި ހަރަކާތްތެރިވާނެ އޮފިޝަލުންނާއި އޮބްޒާވަރުން ތަމްރީނުކޮށް ނިމިފައިވާ ކަމަށެވެ.
މާދަމާ ހެނދުނު 8 ޖަހާއިރު ވޯޓުން ފެށުމަށް ހަމަޖެހިފައިވާއިރު ވޯޓުލުން ނިންމާލުމަށް ހަމަޖެހިފަިއވަނީ ހަވީރު 4 ޖަހުމާއި ހަމައަށެވެ. އަދި 4 ޖަހާއިރު ވޯޓުލާން ކިއު އޮތްނަމަ ވޯޓުފޮށި ބަންދުކުރާނީ ކިއުގަިއ ތިބި މީހުން ވޯޓުލާ ނިމުމުންކަމަށް އިލެކްޝަންއިން ބުނެއެވެ.
މާދަމާ ބާއްވާ ބައި އިލެކްޝަން ގައި ވޯޓުލުމަށް ފޭދޫގައި 5 ވޯޓު ފޮށި ބަހައްޓާއިރު ފޭދޫގައި 3782 މީހުން ވޯޓުލުމަށް ހައްގު ލިބިގެންވެއެވެ. އަދި މާލޭގައި ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ދިނުމަށް 523 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަން އިން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ހުސްވެފައިވާ ގޮޑިއަށް ޕީޕީއެމްއާއި އެމްޑީޕީން ދެ ކެންޑިޑޭޓަކު ނެރެފައިވާ އިރު މއިަދު ހަވީރު 6 ޖެހުމާއި ހަމައަށް ކެމްޕެއިން ކުރުމަށް ފުރުސަތު ލިބޭނެއެވެ. ދެ ކެންޑިޑޭޓުންވެސް ބުރަކޮށް ކެމްޕެއިން ކުރަމުން އަންނަ އިރު މިފަހަރުގެ އިންތިހާބް ކާމިޔާބް ކުރާނެކަމަށް ބޮޑަށް ބެލެވެނީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހްމީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.