ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުނާ ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި އޮތްއިރު މަގާމުން އިސްތިއުފާ ނުދެއްވަނީ ކީއްވެތޯ ރައީސް ނަޝީދާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކޮށްފައިތިބި ބައެއް މެންބަރުން އެމަނިކުފާނަށް މެސެޖުކުރައްވާ ސޮއި ކުރީ ޕްރެޝަރު އޮވެގެންކަމަށް ބުނެފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި އެ މެންބަރުން އަމަލުކުރާގޮތެއް އިނގޭނީ ވޯޓާ ހަމައަށް ދިއުމުން ކަމަށެވެ.
މި ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެކަން ހާމަކުރައްވާފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިވަގުތު އިސްތިއުފާ ދިނުމަކީ މިރާއްޖެއަށްވެސް ރަނގަޅުގޮތެއް ނޫން. ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށްވެސް ރަނގަޅުކަމެއް ނޫން. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށްވެސް ރަނގަޅު ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ކޮންޓްރޯލް މަޖިލީހަށް އޮންނަކަން އެންމެނަށްވެސް ސާފުކަން ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ މަޖިލީހުގެ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނީ ކޮންމެވެސް އެއް އިތުބާރު ނެތްކަމުގެ މައްސަލައެއް ނެގުމުން ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަން ވަރަށް ބޮޑަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.