މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަލީ ފަހްމީ ކާމިޔާބްކޮށްފިއެވެ.
މިއަދު ބޭއްވި އިންތިހާބްގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ފަހްމީއަށް 1070 ވޯޓު ލިބިލެއްވި އިރު ޕީޕީއެމް ކެންޑިޑޭޓް އާމިނަތު އީނާ ނަސީރު އަށް ލިބިފައިވަނީ 868 ވޯޓެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) މިދިޔަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ކުއްލިގޮތަކަށް ނިޔާ ވުމާއި ގުޅިގެން ހުސްވި ގޮޑިއަށް ޕީޕީއެމްއިން ޕްރައިމަރީ އަކާއި ނުލައި އާމިނަތު އީނާ އަށް ޓިކެޓް ދިނުމަށްފަހު، ކެމްޕެއިން ލޯންޗު ކުރުމަށް މިމަހު ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ވަނީ ފޭދޫ ބަނދަރު ސަރަހައްދާއި ރަށްދެބައި މަގުގައި ތާރު އެޅުން ރަސްމީކޮށް އިފްތިތާހް ކޮށްފައެވެ.
ސަރުކާރުން ބައި އިލެކްޝަނާއި ދިމާކޮށް ގިނަ ވައުދުތަކެއް ވެފައިވާއިރު ރައީސްގެ އަނބިކަނބަލުން ވަނީ އެދަތުރުގައި ފޭދޫ ސްކޫލަށް 20 ލެޕްޓް ހަދިޔާ ކުރުމުގެ ގޮތުން ރަމްޒީ ފިލާއެއް ހަވާލުކޮށްފައެވެ.
ފޭދޫ ދާއިރާގެ އިންތިހާބް ކާމިޔާބް ކުރެއްވި އަލީ ފަހްމީގެ އުމުރުގެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ފޭދޫ ދާއިރާގެ ތަރައްޤީއަށްޓަކައެވެ. އެކަން ރައްޔިތުން މިއަދު މިވަނީ ބަލައިގެންފައެވެ.