ރާއްޖޭގެ ސިފައިން ސިޔާސީ ނުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެދިވަޑައިގެންފި އެވެ.
ރޭ ބޭއްވި ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިނިސްޓަރު އެކަމާ ހުންނެވީ ސިޔާސީ ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުހައްމަދު ވެރިކަމުގެ ދެވަނަ ދައުރަކަށް ގެންނަވަން ތާއީދުކޮށްގެން ކަމަށެވެ. އެކަމަކު ސިފައިން ސިޔާސީ ނުވުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ބައެއް ފަރާތްތަކުން މަސައްކަތް ކުރިޔަސް، އެ ކަމުގެ ތެރެއަށް ސިފައިން ނުވަމުނަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސިޔާސީގޮތުން ވިސްނުން ތަފާތުވުމުން، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސިފައިން ބޭނުންކޮށް، މަޖިލިސްގެ ތަޅުމުންނާއި ފާރުތައްމަތިން ސިފައިންލައްވާ މަޖިލިސް މެމްބަރުން އުކުން މިވަނީ މާޒީވެ ގޮސްފައި: @MariyaDidi #ސިފައިންގެދުވަސް pic.twitter.com/dYBZYmil5v
— Ministry of Defence (@MoDmv) June 20, 2023
"އަޅުގަނޑަކީ ސިޔާސީ މީހަކަށް ވާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ލިބިވަޑައިގަންނަވަނައިގެން،" އޭނަ ވިދާޅުވި އެވެ. "އެހެން ނަމަވެސް، ސިފައިންނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ގާނޫނުން މަނާކުރެވިފައިވާ ބައެއްކަން ހަނދާން ކޮށްދިނުމާ އެކު، އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރިނުވުމަށް ތި ހުރިހާ ސިފައިންނަށް އަޅުގަނޑު މިރޭ ނަސޭހަތްތެރިވަން."
"ޤައުމީ ދިފާޢީ ބާރުގެ މުހިންމު އެއް އިސްތިރާޖީއަކީ ބޭރުގެ އަސްކަރިއްޔާތަކާއެކު އޮތް އެކުވެރި އަދި ބަދަހި ގުޅުން ދެމެހެއްޓުމާއި، އިންޓައޮޕަރަބިލިޓީ ޤާއިމުކުރުން. އަދި މިގުޅުންތަކުގެ ތެރެއިން އަސްކަރިއްޔާގެ ޤާބިލުކަމާއި އިންސާނީ ވަސީލަތް ތަރައްޤީކޮށް ޒަމާނީ އާލާތްތައް ހޯދުން" (1/2) pic.twitter.com/8nHiuejBQ4
— Maldives National Defence Force (@MNDF_Official) June 20, 2023
މާރިޔާ ވިދާޅުވީ ގިނަ ޕާޓީތައް ހަރަކާތްތެރިވާ ޑިމޮކްރަސީގައި، އެ އިރަކު ރައީސަކަށް ހުންނަވާ ބޭފުޅަކު ހިތްހަމަޖެހިވަޑައިނުގަންނަވާ އިރަށް ޑިއު ޕްރޮސެސް އަކަށް ބެލުމެއް ނެތި ސިފައިން ވަޒީފާއިން ވަކިކޮށް، އަދަބުތައް ދިނުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ހުވާ ކޮށްގެން ތިބޭ ބަޔަކަށް ވެވޭ ބޮޑު ބޭ އިންސާފެއް ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ބަދަލުވެ، ސިޔާސީ ނުފޫޒާއި ތަފާތުތަކުން އެއްކިބާވެ، ރޭވި ތަރުތީބުވެފައިވާ އަދި ޕްރޮސީޖާތަކަށް އިހުތިރާމްކުރާ އަދުލުގެ ނިޒާމެއް ސިފައިންގޭގައި ގާއިމްވެ ހިނގާތާ މިހާރު ދެ އަހަރުވެއްޖެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ސިފައިންނަކީ ވަރުގަދަ ކޯ ވެލިއުތަކެއްގެ މައްޗަށް އެކުލެވޭ އަދި އެ ވެލިއުތައް ކޮންމެހެން ހިފަހައްޓަންޖެހޭ ބައެކެވެ.