އުފެއްދުމުގައި އިސްކޮށް އުޅުއްވި ޕާޓީ، ދޫކޮށްލެވުމަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ހިތްވަރު ގަދަ ލީޑަރެއްކަން ދައްކުވައިދިން ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އިއްޔެ އެމްޑީޕީން ވަކިވެޑައިގަތުމާ ގުޅިގެން އޭނަ ކުރެއްވި ޓްވީޓެއްގައި ވަނީ ނަޝީދަށް ތައުރީފުގެ ބަސްތަކެއް އޮއްސާލައޮފަ އެވެ. ވިލުފުށީ ދާއިރާގެ ކުރީގެ މަލިޖިސް މެމްބަރު ވިދާޅުވީ ނަޝީދަކީ ރާއްޖޭގެ ޑިމޮކުރަސީގެ ދަތުރުގައި ކާމިޔާބު ލީޑަރެއް ކަމަށެވެ.
"ދިވެހިންނަށް ލިބުނު ނޫސްވެރި މުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ ހައްޤު ހޯދައި ދިނުމުގައި ރައީސް ނަޝީދުގެ ދައުރު ބޮޑު. ޤާނޫނު އަސާސީ އެކުލަވާލި އިރު އެ ޤާނޫނު އަސާސީގަ ހިމަނަން ޖެހޭނެ ކަމަށް އޭރު ނަޝީދު އަޅުގަނޑު ކައިރީ ދެއްކި ވާހަކަ މިއަދު ހަނދާނަށް އާދޭ." ރިޔާޒު ވިދާޅުވި އެވެ.
"އޭނަ ވިދާޅުވީ ނަޝީދުގެ ދިގު ސިޔާސީ ހަޔާތުގަކުރި ހުރިހާ ސިޔާސީ މަސައްކަތެއް އެހެން ބަޔަކަށް ދޫކޮށްލާފައި ނުކުތުމުން ސާބިތުކޮށް ދިނީ ކެރުމާއި ސާބިތުކަން އަދި ޑިމޮކްރަސީ ކަމަށެވެ.
"ނަޝީދު ހިތްވަރުގަދަ ތިޔަ ނިންމެވި ނިންމެވުމަށް މަރުޚަބާ ދަންނަވަން." ރިޔާޒު ވިދާޅުވި އެވެ.
ރައީސް ނަޝީދު އަކީ ހިތްވަރުގަދަ މިރާއްޖޭގެ ޱިމޮކުރަސީގެ ދަތުރުގައި ކާމިޔާބު ލީޱަރެއް ! ދިވެހިންނަށް ލިބުނު ނޫސްވެރި ކަމުގެ ހައްޤާ ޚިޔާލު ފާޅުކުރުމުގެ ހައްޤު ހޯދާދިނުމުގަ ރައީސް ނަޝީދުގެ ދައުރު ބޮޱު ޤާނޫނު އަސާސީ އެކުލަވާލިއިރު އެޤާނޫނު އަސާސީގަ ހިމަނަންޖެހޭނެ ކަމަށް އޭރު ނަޝީދު… pic.twitter.com/H9vnIqNHnG
— Riyaz Rasheed (@riyaz_rasheed) June 21, 2023
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
ނަޝީދި ޕާޓީން ވަކިވެވަޑައިގެންނެވި އިރު، މި އަހަރުގެ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން ޕާޓީ އަށް ދެކޮޅަށް ނުކުމެވަޑައިގެންފައިވެ އެވެ. އަދި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ފެކްޝަނެއް ހައްދައި، އެ ފެކްޝަން މިހާރު "ދި ޑިމޮރެކްރެޓްސް" ގެ ނަމުގައި ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އިލެކްޝަން ކޮމިޝަން (އީސީ) އަށް އޮތީ ހުށަހަޅައިފަ އެވެ.
"ފިކިުރެއްގެ ދިރުން" އިން ދާދި ފަހުން ޖޭޕީއާ އެކީ ރިޔާސީ އިންތިހާބާ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ.