Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

އާންމު ރޯގާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

އައްޑޫ ލިންކް ރޯޑްގައި ވެހިކަލްތަކެއް ހަރަކާތްތެރި ވަނީ. ފޮޓޯ/ އަޒީމް ނަޖުމީ

މި ދުވަސްވަރު ރާއްޖޭގައި ޑެންގީ ހުމާއި، އަރިދަފުސް ރޯގާ އަދި ބޭރަށްހިންގުން އިތުރުވަމުންދާތީ އާއި ކުރިއަށް ބޮޑު ޗުއްޓީއއް ވެސް އޮތުމާ އެކީ އާންމުން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެތަނުން ބުނީ މި ދުވަސްވަރު ރާއްޖެއިން ބޭރަށާއި، އަތޮޅުތެރެއަށް ދަތުރުކުރުމާއި، ގޭގެ އަށް ޒިޔާރަތްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާތީ ރޯގާތަކަށް ސަމާލުވާން ޖެހޭ ކަމަށެވެ. އެގޮތުން އާންމު ތަންތަނަށް ގޮސް މީހުންގެ ތެރޭގައި އުޅޭއިރު މި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކަށް ސަމާލުކަން ވެސް ދިނުމަށް ވެސް އެދިފައިވެ އެވެ.

އެޗްޕީއޭ އިން ބުނީ ބައްޔެއް ޖެހިއްޖެ ނަމަ އަރާމު ކުރުމާއި، ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި، ހުން މަޑުކުރުމާއި ހުޅުހުޅުގައި ރިއްސުމަށް ޕެރަސިޓަމޯލް ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ބަލީގައި މާ ބޮޑުވަރުވާ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވެސް އިރުޝާދު ދީފައިވެ އެވެ.