Last Updated: November 22, 20:18
Friday, November 22, 2024
މީހުން

ދެ މަހުޖަނަކު ކޭޖް ފައިޓަކަށް، ކިހިނެއް ވާނެ؟

މަޝްހޫރު ދެ މަހުޖަނަކު ވަރުގަދަ ކުރިމަތިލުމަލަށް ދާން ނިންމައިފި އެވެެ.

މިއީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ކަމަށްވާ އަދި ޓްވިޓާ އާއި ޓެސްލާގެ އިތުރުން ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކާއި ފޭސްބުކާއި އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ އެޕްތައް ހިންގާ މެޓަގެ ވެރިޔާ މާކް ޒަކަބާގްގެ ކުރިމަތިލުމެކެވެ.

މީޑިއާތަކުގެ ސަމާލުކަން މިކަމަށް މިހާރު ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ. މިކަމަށް ތިލަވީ "ކޭޖް ފައިޓް" އަކަށް ޒަކަބާގަށް ދައުވަތު ދެއްވައި އީލޮން ކުރެއްވި ޓްވީޓަކާ އެކީގަ އެވެ. އަދި އެކަން "ޗެލެންޖެއް" ގެ ގޮތުގައި ނަންގަވައި ރައްދުގައި ޒަކަބާގް އިިންސްޓަގްރާމް ސްޓޯރީގައި ވިދާޅުވީ "ކޭޖް ފައިޓަކަށް ދާން ތައްޔާރު" ކަމަށާއި "އެކަން ބާއްވާނެ ތަނެއް އަންގައި ދިނުމަށް އެދޭ" ކަމަށެވެ.

އޭގެ ޖަވާބު ވެސް އީލޮން މިހާރު ވަނީ ދެއްވައިފަ އެވެ. އޭނަ ވިދާޅުވީ ޒަކަބާކާގާ އޭކީ "ކޭޖް ފައިޓް" އަށް ނުކުންނަވާނީ އެމެރިކާގެ ލަސް ވެގަގަސްގެ "ވެގަސް އޮކްޓެގަން" ގައި ކަމަށެވެ. އެތަނަކީ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ އިވެންޓްތައް ބާއްވާ ތަނެކެވެ.

ކޮޮންމެއަކަސް ގިނަ ބަޔަކު މިހާރު ތިބީ ވަރުގަދަ ދެ މަހުޖަނުންގެ "ކޭޖް ފައިޓް" ކުރިމަތިލުމަށް އިންތިޒާރުކޮށްގެންނެވެ. "ކޭޖް ފައިޓް" އަކީ މިކްސް މާޝަލް އާޓްސް (އެމްއެމްއޭ) ގެ ބައެކެވެ. އެކަމަކު މިއީ ހަމަ މި ދެ މީހުން ސީރިއަސްކޮށް ކުރައްވަން އުޅުއްވާ ކަމެއްތޯ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކުރިމަތިލުމާ ބެހޭ ގޮތުން އީލޮން، 52، ވަރަށް ޔަގީންކަމާ އެކީ ވިދާޅުވެފައި ވަނީ އިދިކޮޅު ބަލިކޮށްލައްވާނެ ކަމަށެވެ .އެކަމަކު މިފަދަ ކުޅިވަރެއްގެ ނުވަތަ ކަސްރަތީ މިފަދަ އެއްވެސް ކަމެއްގެ ތަޖުރިބާއެއް ކުރިން ނެތް ކަމަށް ވިދާޅުވި އެވެ.

"ދަރިން އުރާލައި ލޯބިން ބައެއް ފަހަރު ކުދިން ވައިގެ ތެރެއަށް އެއްލާލައި ހިފާލުން އަހަންނަށް މިހާތަނަށް ވޯކްއައުޓަށް ވެސް ކުރެވިފައި ވާނެ ކަމަކީ." އީލޮން ވިދާޅުވި އެވެ.

ނަމަވެސް އޭނައާ ހިލާފަށް ޒަކަބާގް ،39، އަކީ މާޝަލް އާޓްސްގެ ޓްރެއިން ހޯއްދަވާފައިވާ އަދި އޭގެ ބައެއް ކަހަލަ މުބާރާތްތައް ވެސް ކާމިޔާބު ކުރައްވާފައިވާ ބޭފުޅެކެވެ.

ފޭސްބުކްގެ ވެރިިޔާއާ ކުރިމަތުލައްވަން އީލޮން ނިންމެވި އިރު، އޭނަގެ ޓްވިޓާ ޒާތުގެ އެޕެއް ލޯންޗްކުރަން މެޓަައިން އަންނަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އީލޮންގެ މިލްކިއްޔާތު 187.1 ބިލިއަން ޑޮލަރަށް އަރާ އިރު، ޒަކަބާގްގެ މިލްކިއްޔާތަކީ 89 ބިލިއަން ޑޮލަރެވެ.