އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ދަށުން މަރަދޫ-ފޭދޫގައި ހިނގަމުންދާ ސަދަން ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުން ފިޒިއޯ ތެރަޕީގެ ޙިދުމަތް ފަށައިފިއެވެ.
ސަދަން ޗައިލް ޑިވެލޮޕްމެންޓް ސެންޓަރަކީ ހެދި ބޮޑުވުމުގައި ދިމާވާ ތަފާތު އެކި މައްސަލަތަކަށް ފަރުވާދީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޤާއިމު ކުރެވުނު ތަނެކެވެ. މިތަނުގައި ފިޒިއޯ ތެރަޕީ ޙިދުމަތް ދިނުމަށް ފަށާފައިވަނީ އެ ޙިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ދާދި ފަހުން ލިބުމާއި އެކު ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، އޭއީއެޗް އިން ބުނެއެވެ.
އޭއީއެޗްއިން މައުލޫމާތު ދިން ގޮތުގައި ފިޒިއޯ ތެރަޕީއާއިއެކު މިހާރު މިތަނުން 4 ޙިދުމަތެއް، މިތަނުގައި ރެޖިސްޓްރީ ވެފައިވާ ކުދިންނަށް ފޯރުކޮށްދެއެވެ. އެގޮތުން މިހާރުވެސް މިތަނުގައި 234 ކުދިން ރެޖިސްޓަރ ކުރެވިފައިވާއިރު، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗް ތެރަޕީ އަދި ކްލިނިކަލް ސައިކޮލޮޖީގެ ޙިދުމަތް ފޯރުކޮށްދެއެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ފިޒިއޯ ތެރަޕީވެސް އެ ޙިދުމަތް ބޭނުންވެފައިވާ ކުދިންނަށް ފޯރުކޯށްދޭނެއެވެ.
Introducing physiotherapy for our registered patients in Sothern Child Development Center.
Follow Our Journey!@presidencymv @MoHmv pic.twitter.com/XhgkUzn6C1
— Addu Equatorial Hospital (@aeh_mv) June 22, 2023
ސަދަން ޗައިލް ޑިވެލޮޕްމެންޓް ސެންޓަރ ރަސްމީކޮށް ޙިދުމަތް ދޭން ފަށާފައިވަނީ 2021 ވަނަ އަހަރު އެޕްރީލް މަހުއެވެ. އޭރު އޭއީއެޗްއިން ބުނެފައިވަނީ މި ޙިދުމަތް އަމާޒުކުރަނީ މ. އަތޮޅުން ދެކުނުގެ ރައްތަކައި ހެދިބޮޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކުދިންނަށް ކަމުގައެވެ.
މިތަނުން ހެދިބޮޑުވުމުގައި ތަފާތު ގިނަ މައްސަލަ ހުންނަ ކުދިންނަށް އެކުއްޖަކާއި އެންމެ އެކަށޭނެ ފަރުވާތައް ދެމުންދެއެވެ. މިގޮތުން އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ހެދި ބޮޑުވުމުގައި ލަސްތަކެއް ހުންނަ ކުދިންނާއި، މުޢާމަލާތް ކުރުމާއި އަދި އާންމު ދިރިއުޅުމުގައި ގޮންޖެހުންތައް ދިމާވާ ކުދިންނަށް ފަރުވާދެއެވެ.
އާންމުކޮށް މިފަދަ ފަރުވާތަަކީ މާލެގޮސް ބޮޑެތި ޚަރަދުތަކެއްކޮށް ނުވަތަ ރާއްޖެއިން ބޭރުން ހޯދަން ޖެހޭ ފަރުވާތަކަށް ވެފައި، މިއީ އަތޮޅުތެރޭގައި ދެމެހެއްޓެނިވި ގޮތަކަށް ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އެހެން ކަމުން މި ސެންޓަރުގެ އަމާޒަކީ ދެކުނުގެ އަތޮޅުތަކުގައި މިފަރުވާތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމެވެ.