ހުޅުމާލޭގައި އަޅާފައި ހުރި ހިޔާ ފްލެޓްތަކުގެ ކުލި މައާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީން މިއަދު ބޭއްވި ކުއްލި ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ މާލޭ މީހުންނަށް ގޯތި ދޭ ވާހަކަ މިހާރު ދައްކަމުންދާ ކަމަށާއި ފްލެޓް ވެސް އެއް ބަޔަކަށް ވިއްކާއިރު އަނެއް ބަޔަކަށް ފްލެޓް ދެނީ ހިލޭ ކަމަށެވެ. މިފަދަ ކަންކަން ކުރާއިރު އިންސާފާއި އިހުސާންތެރިކަން ހުރި މިންވަރު ވެސް ބަލާލަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ތި ދީފައި ހުރި ކުލީ ފްލެޓްތަކުގެ ކުލި އެއްފަހަރާ މައާފުކޮށްދޭނަން. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ހިޔާ ފުލެޓްގެ ކުލި މަޢާފު ކޮށްދޭނަން – ޤާސިމް #RedMaldives #Qasim2023@qasimibrahim @ilhammaldives @ameenmaldives @riyaz_rasheed @Ali__Arif @JPSecretariat pic.twitter.com/oTCry3NSWw
— Red Maldives (@Red_Maldives) June 24, 2023
ހިޔާ ފްލެޓްތަކުގެ އިތުރުން ސިފައިންނާއި ފުލުހުންނަށް ދީފައި ހުރި ފްލެޓްތަކުގެ ކުލި ވެސް ޖޭޕީގެ ވެރިކަމެއްގައި މައާފުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މި ސަރުކާރުން ދާދިފަހުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 5،300ރ. އަށް ކުޑަކޮށްފަ އެވެ.
BREAKING; Alhugandu Ge Verikameh Ga Fuluhunnaai Sifainge Flat Ge Kuli Maaf Kohdheynan – Qasim#RedMaldives #Qasim2023 pic.twitter.com/7FqEwPx6Jy
— Red Maldives (@Red_Maldives) June 24, 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 25 ބުރީގެ ޓަވަރުތަކުގެ ކުރީގެ ކުއްޔަކީ 7،500ރ. އެވެ. އެކަމަކު މެއިންޓަނެންސް ފީއާ އެކު 8،500ރ. ކޮންމެ މަހަކު ދައްކަން ޖެހެ އެވެ. އެހެންވެ ކުލި ކުޑަކޮށް ދޭން ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެ އެވެ.
ހިޔާ ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ އެކީ، އެތަންތަނަށް ދައްކަން ޖެހޭ އަގު ދައްކައި ނިންމަން ކުރިން ދީފައި އޮތް 25 އަހަރުގެ މުއްދަތު މިހާރު ވަނީ 32 އަހަރަށް ދަންމައިފަ އެވެ. އެއީ އިތުރުކުރި 7 އަހަރާ އެކީގަ އެވެ.