ބައިނަލް އަގްވާމީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގެ ފަރާތުން ހަންކެޑެ ބްރިޖް ސަރަހައްދު ސާފުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލާއި، ޝަންގްރިއްލާ ގުޅިގެން ކުރިއަށްގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރާމްގައި އައްޑޫގެ އެހެނިހެން ބައެއް އޮފީސްތަކުންވެސް ވަނީ ބައިވެރިވެފައެވެ.
ގައުކެޑި ސަރަހައްދަކީ އައްޑޫގެ އެންމެ ގިނަ ބަޔަކު ޕިކްނިކްދާ ސަރަހައްދަށް ވެފައި އެސަރަހައްދުގެ ބޮޑުބައެއް ވަނީ ގޮޑުވެފައެވެ.
ގައުކެޑި ސަރަހައްދަށް ޕިކްނިކްދާ މީހުން ކުނި އެޅުމަށް ހިތަދޫ ރިވަރިން ޖަމިއްޔާ އާއި ކައުންސިލް ގުޅިގެން ޑަސްބިން ތަކެއް ވަނީ ބަހައްޓާފައެވެ. ނަމަވެސް އެ ޑަސްބިންތައް އެކަށީގެންވާ ގޮތެއްގައި ހުސް ނުކުރެވޭތ އޭގެ ބޭނުން ވަނީ ނުކުރެވިއެވެ.
އައްޑޫގައި ކުރިއަށްގެންދާ ގިނަ ސާފުކުރުމުގެ ޕްރޮގްރާމްތަކުގައި މި ސަރަހައްދު ވަރަށް ގިނައިން ސާފުކުރެއެވެ.