Last Updated: February 20, 22:44
Thursday, February 20, 2025
ޚަބަރު

މޫސުން ގޯސް، އެލާޓް ދަންމާލައިފި

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ނެރެފައިވާ ވައިޓް އެލާޓްގެ ވަގުތު ދިންމާލައިފިއެވެ.

މޫސުން ގޯސްވުމުން ފުރަތަމަ ވައިޓް އެލާޓް ނެރެފައިވަނީ ހެނދުނު 07:00 އިން މެންދުރު 12:00 އަށެވެ. އެ ވަގުތު ދަންމާލާ ވައިޓް އެލާޓް މިހާރުވަނީ ހަވީރު 05:00 އާ ހަމައަށް އިތުރު ކޮށްފައެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށެވެ.

އެހިސާބަށް އެލާޓް ނެރެފައިވާ ވަގުތުގައި ބޯކޮށް ވާރޭވެހި ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އެގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ކުރިއަށް އޮތް ދެ ދުވަހު ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.