Last Updated: January 4, 05:52
Saturday, January 4, 2025
މުނިފޫހިފިލުވުން

ސަނާގެ ވީޑިއޯ ލަވައެއް ނަވާޒުއްދީނާ އެކީ

ކަލާސްގެ "ބިގް ބޮސް" ސީޒަން 13 އިން މަޝްހޫރުކަން ހޯދި ޝެހެނާޒް ގިލް (ސަނާ) އާއި އެކްޓަރު ނަވާޒުއްދީން ސިއްދީގީ އެކީގައި ކުޅެފައިވާ ވީޑިއޯ ލަވައެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 3 ގައި އާންމުކުރަން ހަމަޖެހިފައިވާ މި ލަވައިގެ ނަމަކީ "ޔާރު ކާ ސަތާޔާ ހުއާ އޭ" އެވެ. މި ލަވައިގެ ޕޯސްޓަރެއް ވެސް ސަނާ އާއި ނަވާޒުއްދީންގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ. ލަވައިގެ މިއުޒިކް ހަދައި، އެ ކިޔާފައި ވަނީ ބީ ޕްރާކެވެ.

ނަވާޒުއްދީނާ އެކީ ސަނާ ވީޑިއޯ ލަވައެއް ކުޅުނު އިރު، އޭނަގެ ޓޯކް ޝޯ "ދޭސީ ވައިބްސް" ގައި މެހުމާނެއްގެ ގޮތުގައި ނަވާޒުއްދީން ދާދި ފަހުން ބައިވެރި އެވެ. ސަނާ އަށް މިހާރު ފިލްމުތަކުން ވެސް ފުރުސަތު ލިބެމުން އަންނަ އިރު، އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ މެއި މަހު ގެނެސްދިން ސަލްމާން ޚާންގެ "ކިސީ ކާ ބާއީ، ކިސީ ކާ ޖާން" އެވެ.

ސަނާ މިހާތަނަށް ވަރަށް ގިނަ ވީޑިއޯ ލަވަތަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި އޭނަ ކުރިން ރައްޓެހިވެގެން އުޅުނު އަދި މަރުވެފައިވާ އެކްޓަރު ސިދާތު ޝުކްލާއާ އެކީ ކުޅުނު ލަވަތަކެއް ވެސް ހިމެނެ އެވެ.

މިހާރު ވަރަށް ގިނަ ޒުވާން ބަތަލާއިންނަކީ މަސައްކަތް ކުރަން ފުރުސަތު ލިބޭ ނަވާޒުއްދީންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި "ޓީކޫ ވެޑްސް ޝޭރޫ" އެވެ.