ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ނެޝަނަލް ޖިއޯގްރަފިކް މަޖައްލާ އަށް ލިޔާ މީހުން މަދުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ނެރޭތާ ގަރުނަކަށް ވުރެ ގިނަ ދުވަސްވީ މަަޖައްލާ އިން ލިޔުންތެރިންތަކެއް މަދުކުރީ މި ހަފުތާގެ ތެރޭގައި ކަމަށެވެ. އެކަމަކު ވަކިކުރީ ކިހާ އަދަދެއްގެ ލިޔުންތެރިންނެއް ކަމެއް ސާފެއް ނުވެ އެވެ. ވަޒީފާ ގެއްލުނު ބައެއް މީހުން އެ ވާހަކަ ޓްވީޓްކޮށްފައިވެ އެވެ.
Today is my last day at National Geographic. The magazine is parting ways with its staff writers, including me.
I’m so grateful for the opportunities I have had over the past 7 years. To everyone who read my stories, thank you from the bottom of my heart. On to the next! pic.twitter.com/5MgKwyQXSS
— Michael Greshko (@michaelgreshko) June 27, 2023
ނެޝަނަލް ޖިއޯގްރަފިކް މެގަޒިން އިން ލިޔުންތެރިންތަކެއް މަދުކޮށްފައި މި ވަނީ އެ މެނޭޖްކުރާ ކުންފުނި، ވޯލްޓް ޑިޒްނީން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުންފުނީގެ އެކި ގޮފިތަކުން މުވައްޒަފުން މަދުކުރަން ފަށާފައި ވަނިކޮށެވެ.
މަހަކު އެއް ފަހަރު ނެރޭ ނެޝަނަލް ޖިއޯގްރަފިކް މަޖައްލާގެ ސަބްސްކްރައިބަރުންގެ އަދަދު 1.8 މިލިއަނަށް ވުރެ ގިނަ އެވެ.
My new National Geographic just arrived, which includes my latest feature—my 16th, and my last as a senior writer.
NatGeo is laying off all of its staff writers.
I’ve been so lucky. I got to work w/incredible journalists and tell important, global stories. It’s been an honor. pic.twitter.com/VOt6KydD5Z
— Craig Welch (@CraigAWelch) June 28, 2023
މުވައްޒަފުން މަދުކުރުމާ ގުޅޭ ގޮތުން މަޖައްލާގެ ތަރުޖަމާނު ބައެއް މީޑިއާތަކަށް ވިދާޅުވީ ލިޔުންތެރިން މަދުކުރި ނަމަވެސް މަޖައްލާގެ ލިޔުންތައް މަދުވުމާއި ފެންވަރަށް ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަބަދު ވެސް ކިޔުންތެރިން އިތުބާރުކުރާ، މަގުބޫލު އެއްޗެއްގެ ގޮތުގައި ނެޝަނަލް ޖިއީގްރަފިކް މަޖައްލާ ދެމިއޮންނާނެ ކަމަށް ވިދާޅުވި އެވެ.
ނެޝަނަލް ޖިއޯގްރަފިކް މަޖައްލާގެ ފުރަތަމަ އަދަދު މީގެ 134 އަހަރު ކުރިން ނެރުނީ ސެޕްޓެމްބަރު 22، 1888 ގަ އެވެ.