Last Updated: September 19, 21:36
Thursday, September 19, 2024
ޚަބަރު

ބަރަހަނާ ވީޑިއޯ މައްސަލާގައި ދެމީހަކު ބަންދުގައި!

ބަރަހަނާ ވީޑިއޯއެއްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މިވަގުތު ބަންދުގައި ތިބީ ދެ މީހަކު ކަމަށް ޕޮލިހުން ބުނެފިއެވެ.

ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ މައްސަލާގައި ހައްޔަރު ކުރި ސްކޫލް ކުދިން އެރޭ ބަޔާން ނެގުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް މައްސަލަ އާއި ގުޅުން ހުރި 18 އަހަރުން މަތީގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު މެންދުރު ޕޮލިހުން ހިންގި ހާއްސަ އޮޕަރެޝަނެއްގައި ފޭދޫ ސްކޫލްގެ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ 9 ދަރިވަރަކު ހައްޔަރުކޮށް ވަނީ ބަޔާން ނަގާފައެވެ. އަދި އެކުދިން ދޫކޮށްލީ އޮކްޓޯބަރު 6 ވަނަ ދުވަހު ޖީސީއީ އޯލެވެލް އިމްތިހާން ކުރިއަށް އޮތުމުންނެވެ.