Last Updated: September 19, 21:36
Thursday, September 19, 2024
ސިޔާސީ

އެމްޑީޕީ އައްޑޫ ބޮޑު ޖަލްސާ ހުކުރު ދުވަހުގެ ރޭ!

އެމްޑީޕީ އިން ހިތަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

"އަވާސް އޭށުން، އެކަނިއަސް އޭށުން" އެމްޑީޕީ އައްޑޫ ބޮޑު ޖަލްސާ ހުކުރު ދުވަހުގެ ރޭ ފޭދޫ ބަނދަރު މަތީ ސަރަހައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ކުރިން ބާއްވަން ހަމަޖެއްސި ޖަލްސާ ކެންސަލް ކޮށްފައިވަނީ އެރޭ ފޭދޫ ސްކޫލްގެ އިނާމް ދިނމުގެ ޖަލްސާ ބޭއްވުމާއި، މޫސުން ގޯސް ވުމުގެ ސަބަބުންނެވެ.

އެމްޑީޕީގެ ތާއިދު ބޮޑު އައްޑޫގައި، ރިއާސީ އިންތިހާބްގެ ފަހުން، ބޮޑު ޖަލްސާއެއް ބާއްވާފައި ނުވެއެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ މެމްބަރުން ބައިވެރިވާ މި ޖަލްސާގައި އެމްޑީޕީގެ މިހާރުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވާނެއެވެ.
10291092_10203933884100507_4778918205274265472_n

ޖަލްސާ ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޑީޕީން ވަމުން އަންނަ އިރު މި ޖަލްސާގައި އައްޑޫގެ ހުރިހާ ރަށަކުން އެމްޑީޕީއަށް ތާއިދުކުރާ ފަރާތްތަކުން ބައިވެރިވާނެކަމަށް މައުލޫމާތު ލިބެއެވެ.