Last Updated: September 19, 21:36
Thursday, September 19, 2024
ޚަބަރު

ބަނގުރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫ ކަލްޗަރަލް ސެންޓަރު ސަރަހައްދުގައި ރާކައްކަން ހަދާފައިވާ ތަން-- ފޮޓޯ: ހިތަދޫ ޕޮލިސް

ސ. ހިތަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނާއި، ފުލުހުންގެ އިންޓެލިޖެންސް ޑިޕަޓްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މިމީހުން އަތުލައިގެންފައިވަނީ ހިތަދޫ ކަލްޗަރަލް ސެންޓަރ ހިމެނޭ ސަރަޙައްދުގެ ވަލުތެރޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތްކުރަމުންދަނިކޮށެވެ.

ފުލުހުން އިއްޔެ ހިންގި މި އޮޕަރެޝަންގައި މި މީހުން އަތުލައިގެންފައިވަނީ އިއްޔެ މެންދުރު ފަހު 15:20 ހާއިރުއެވެ.

މި މީހުންގެ ތެރޭގައި ހިމެނެނީ 20 އަހަރުގެ ޒުވާނަކާއި 22 އަހަރުގެ ޒުވާނެއްގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުއްޖެކެވެ. މިމީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ ރެކޯޑްސް އޮންނަ މީހެކެވެ. އަދި 22 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުންދިނުމާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުން ތިބި ތަން ބަަލައިފާސްކުރިކުރުމުން ބަނގުރާކެއްކުމަށް ބޭނުންކުރާ ޒާތުގެ ތަކެއްޗާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަމެއް ފެނިފައިވެއެވެ.

މިމައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.