Last Updated: February 21, 20:55
Friday, February 21, 2025
ޚަބަރު

މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް

ފޮޓޯ: އައްޑޫލައިވް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގައިވާ ސަރަހައްދަށެވެ. އެ ސަރަހައްދަށް އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ހަވީރު 04:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދެ ދުވަހުވެސް ވަނީ އެކި ހިސާބުތަކަށް އެލާޓްތައް ނެރެފައެވެ.