Last Updated: December 22, 12:05
Sunday, December 22, 2024

ނޫރާނީ ސްކޫލް އަރަބި މީޑިއަމްއަށް ބަދަލު ކުރަނީ!

ނޫރާނީ ސްކޫލް، އަންނަ އަހަރު އަރަބި މީޑިއަމްއަށް ކިޔަވައިދޭން ފަށަނީ

ނޫރާނީ ސްކޫލުގައި އަންނަ އަހަރު އަރަބި މީޑިއަމްއަށް ކިޔަވައިދޭން ފަށާނެކަމަށް އެސްކޫލުން ބުނެފިއެވެ.

ނޫރާނީ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ސާލިހް އަހްމަދު މިއަދު ވިދާޅުވީ، އެ ސްކޫލްގައި އަރަބި މީޑިއަމްއަށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި އެގޮތުން އެ ސްކޫލް އަންނަ އަހަރު އަރަބި މީޑިއަމް އަށް ކިޔަވައިދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.

ސާލިހް ވިދާޅުވީ އަންނަ އަހަރު ފުރަތަމަ ފަށާނީ ގްރޭޑް 1 އިން ކަމަށެވެ.އަދި އަހަރަކު ގްރޭޑެއް ފަށަމުން ގޮސް މުޅި ސްކޫލް އަރަބި މީޑިއަމްއަށް ބަދަލު ކުރުމަށް 12 އަހަރު ނަގާނެކަމަށެވެ.

އަދި މުޅި ސްކޫލް އޭގެ ފަހުން ވެގެންދާނީ ގްރޭޑް 1 އިން ފެށިގެން 12 އަށް ކިޔަވައިދޭ އައްޑޫގެ ހަމައެކަނި އަރަބި މީޑިއަމް ސްކޫލް ކަމަށެވެ.

ނޫރާނީ ސްކޫލްގައި އަރަބި މީޑިއަމް އަންނަ އަހަރު ތައާރަފް ކުރުމަށް އެޑިއުކެޝަނުން މީގެ ކުރިން ވެސް ނިންމިއެވެ. ނަމަވެސް އެކަމަށް ވާން ޖެހޭ ތައްޔާރީތަކެއް ހުރުމާ އެކު، އެކަންކަން ފުރިހަމަ ކުރުމުގެ ގޮތުން، އީދާރީ ގޮތުން މި އަހަރުގެ ކުރީކޮޅު ފެށި މަސައްކަތްތައް މަޑު ޖައްސާލަން އެޑިއުކޭޝަނުން އެންގި އެވެ. މިކަމާ ގުޅިގެން ސްކޫލާއި ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސާލިހް ވިދާޅުވީ ސްކޫލަށް ޖާގަ އިތުރުކޮށް އިތުރު ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި މަހުގެ 19 ވަނަ ދުވަހު މިކަމާއި ގުޅޭ މައުލޫމާތު ސެޝަނެއް ބާއްވަން ތައްޔާރުވަމުން އަންނަ އިރު ވަރަށް އަވަހަށް ސްކޫލަށް ވައްދަން އެޕްލިކޭޝަން ދޫކުރަން ފަށާނެކަމަށް ސާލިހް ވިދާޅުވިއެވެ.