މާލެ އިިން ބޭރުގައި ރާއްޖޭގެ ރަށެއްގައި ހަދާ ފުރަތަމަ ޓެނިސްކޯޓް ޅ. ނައިފަރުގައި މިހާރު ނިމުމަކާ ހަމައަށް އަތުވެއްޖެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އޭނަ ވަނީ އެ ކޯޓްގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ. މަހުލޫފް ފާހަގަ ކުރެއްވި ގޮތުގައި ނައިފަރުގެ ޓެނިސް ކޯޓަކީ މާލެ ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ތަރައްގީ ކުރެވޭ ޓެނިސް ކޯޓެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަދަ ކޮންމެ ތަރައްގީއަކާ އެކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން ރާއްޖޭގައި މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފަ އެވެ.