Last Updated: February 21, 20:55
Friday, February 21, 2025
ޚަބަރު

މޫސުން ގޯސް، ކަނޑު ދަތުރުކުރާއިރު ސަމާލުވޭ

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުން ދިޔުމާ ގުޅިގެން، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ބުނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އެގޮތުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ރޭވުމުގެ ކުރިން މޫސުމަށް ބެލުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ރ .އަތޮޅުން ފ .އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 10 ޖެހުމާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި، 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.