Last Updated: September 19, 21:36
Friday, September 20, 2024
ޚަބަރު

ހައްޔަރު ކުރި މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލައިފި

ރޭ ފޭދޫ ޖަލްސާ ތެރެއަށް ވަދެ ހަމަ ނުޖެހުން ހިންގަން އުޅުނު މީހުން ހައްޔަރުކޮށްފައި.

"އަވާސް އޭށުން، އެކަނިއަސް އޭށުން" އެމްޑީޕީ އައްޑޫ ޖަލްސާއަށް ހުރަސް އަޅައި ހަމަ ނުޖެހުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ނުވަ މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރޭ މޫނު ނިވާކޮށްގެން އެމްޑީޕީ ޖަލްސާ ތެރެއަށް ވަދެ ހަމަ ނުޖެހުން ހިންގި މައްސަލާގައި ހައްޔަރު ކުރީ 16 މީހެކެވެ. ނަމަވެސް ރޭ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ހަމަނުޖެހުން ހިންގި މައްސަލާގައި 20 މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެއްވެސް މީހަކު ދޫކޮށްފައި ނުވާ ކަމަށެވެ.

ރޭގެ ޖަލްސާގައި ގާއުކުމުގެ ސަބަބުން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ހަރަކާތްތެރިވި ތިން ފުލުހަކަށް ވެސް ވަނީ އަނިޔާލިބިފަ އެވެ. އަދި މާސްކު އަޅައިގެން ހަމަ ނުޖެހުން އުފައްދަން ވަން މީހުންނަށްވެސް އަނިޔާ ލިބި ވަނީ ފަރުވާ ދީފައެވެ.
DSC_0997

ރޭ ފޭދޫގައި ކުރިއަށް ދިޔަ ޖަލްސާ ނިމުނުތަނާ ގޮތަކަށް އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާ އޮފީހުގައި ވަނީ ރޯކޮށް މުޅިން އަންދާލާފައެވެ. މިހާދިސާ ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާ އިރު އަދި މިހާތަނަށް މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.