ހިތަދޫ ރިޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރުމަށް ވަގުތީ ޑޮކްޓަރަކު މިފަހްތާ ތެރޭ އަންނާނެ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ދާދި ފަހުން ހޮސްޕިޓަލަށް ގެނައި އަންހެންގެ ޑޮކްޓަރު ޑިއުޓީއަށް ނިކުންނަން ފެށިތާ ދެ ދުވަސް ނުވަނީސް އިސްތިއުފާ ދީފައި ފުރައިގެން ދިއުމާއި ގުޅިގެން ދާއިމީ ޑޮކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ދާއިމީ ޑޮކްޓަރެއް ހަމަ ނުޖެހޭތީ ވަގުތީ ޑޮކްޓަރެއް މިހަފްތާ ތެރޭ ހޮސްޕިޓަލަށް އަންނާނެ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރެއް ނެތް އިރު ، އިމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ހެލްތު މިނިސްޓަރ މަރިޔަމް ޝަކީލާ ހިންގަވަމުން އަންނަ އައިއެމްޑީސީގެ އަންހެނުންގެ ޑޮކްޓަރެވެ.
ހޮސްޕިޓަލްގައި އަންހެނުންގެ ޑޮކްޓަރެއް ނެތް އިރު އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދިޔަ ކުޑަ ކުދިންގެ ޑޮކްޓަރކުެވސް ވަނީ ޗުއްޓީއަށް ފުރާފައެވެ.