ފުވައްމުލަކަށް ހިލަ ހިފައިގެން ދިޔަ ބާޖެއް ފަރަށް އެރުމާ ގުޅިގެން އެ ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ސިޓީގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖް ފެރީ އެރީ އިއްޔެ މެންދުރު ފަހު އެވެ. މި ބާޖު ފަަރަށްއެރީ އަރިއަޅާލައިގެންނެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނި ގޮތުގައި ބާޖު ފަރަށް އެރީ ހިމާޔަތްކުރާ މަސައްކަތްކުރާ ސަރަހައްދުގައި ހޯގާޑުން މުދާ އެ ސަރަހައްދަށް ވައްދާ ނެރެ ހެދުމަށް ބޭނުންކުރަމުން އަންނަ ބަނދަރަށް ވަންނަތަނާ ދިމާލުގައި އޮއްވައި އަރިއަޅައިލައިގެންނެވެ.
ބާޖު އަރިއަޅާލާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.
Hoonu habaru India kunfunin Fuahmulakah gendhiya Hila Burge, rashu Farah araa aliyah dhanee, India meehun zinma alhuvanee Horgad boluga Horgad bunanee India kunfuniney?@FVMCouncil @NDMAmv@EPAMaldives @MNDF_Official @AtheeqBaaba @ShumbaGong @alinasih09 pic.twitter.com/Hd26yymMdL
— Ahmed Fayaz (proud to be a Maldivian ) (@VISNAAMEEHAA) July 7, 2023
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ސިޓީގެ ބަނދަރުގެ އުތުރުން ފެށިގެން އަނބުލު ފަންނާ ހަމަޔަށް ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރު ދިގު ސަރަހައްދެއްގައި ބޮޑުހިލައިގެ ތޮއްޓެއް ލުމަށް ހަމަޖެހިފައިވެ އެވެ. މި މަޝްރޫއަކީ ނެދަލެންޑް ސަރުކާރުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުގެ ލޯނު އެހީއާ ދިވެހި ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މިދިޔަ ޑިސެމްބަރު މަހު ފެށި އެ މަޝްރޫއަށް ޖުމުލަ 300 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.