ގައުމުގެ ކަންކަން ނިންމުމުގައި އިސްކޮށް ތިބި ބައެއް މީހުންނަކީ ތައުލީމީ ފެންވަރެއް ނެތް އަދި ހަރުދަނާ ތަސައްވުރެ އަދި ސިޔާސަތެއް ވެސް ނެތް ބައެއް ކަމަށް ބުނެ ބަތަލާ ކާޖޮލް ދެއްކި ވާހަކަތަކެއްގެ މައްސަލަ ހޫނުވުމުން އޭގެ ދިފާއުގައި ޓްވީޓްކޮށްފި އެވެ.
"ދި ކްއިންޓް" އަށް ދިން އިންޓަވިއުއެއްގައި އެކްޓަރު އަޖޭ ދޭވްގަންގެ އަންހެނުން ބުނީ އިންޑިއާ އަށް ކުރިއަށް ދަނީ ވަރަށް މަޑުމަޑުން ކަމަށެވެ. އަދި އޭގެ މައިގަނޑި ސަބަބަކީ ގައުމު ހިންގަން ތިބި ސިޔާސީ ބައެއް މީހުންގެ ހަރުދަނާ ސިޔާސަތެއް ނެތުން ކަމަށް ބުންޏެވެ.
"އެފަދަ މީހުންގެ ރަނގަޅު ތަސައްވުރެއް ނެތް. މައްސަކަ އަކީ ގައުމުގެ ހިންގަން ތިބި ބައެއް މީހުންގެ ތައުލީމީ ފެންވަރެއް ވެސް ނެތުން. މިހެން ބުނަން ޖެހޭތީ މައާފަށް ވެސް އެދެން، އެކަމަކު ހަގީގަތަކީ އަހަރެމެންގެ ކަންކަން ނިންމުމުގައި އެކަށީގެންވާ ފެންވަރުގެ މީހުން ނެތްކަން."
ކާޖޮލް ނުނި ގޮތުގަ މާޒީމނ ވެސް އެކަން ތަޖުރިބާކުރިފައިވާ އިރު، މިހާރު ވެސް ގައުމުގެ ސިޔާސީ ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ.
I was merely making a point about education and its importance. My intention was not to demean any political leaders, we have some great leaders who are guiding the country on the right path.
— Kajol (@itsKajolD) July 8, 2023
"އަހަރެން ގަބޫލުކުރާ ގޮތުގައި ގައުމެއް ހިންގުމުގައި އަދި ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމަން ތިބެން ވާނީ ކިޔަވައިގެން ތިބި ތަންދޮރު ދަންނަ މީހުން،." އޭނަ ބުންޏެވެ. "އެކަމަކު މައްސަލަ އަކީ އެފަދަ މީހުން ސިޔާސީ ދާއިރާގައި އިސްކޮށް ތިބިކަން. މީހާ ހަރުދަނާ މީހަކަށް ވަނީ ތައުލީމުގެ ތެރެއިން. އެ ބައި ސިޔާސީ ދާއިރާގައި އުޅޭ މީހުންގެ ކިބައިގައި ކުޑައީ."
ކާޖޮލްގެ މި ވާހަކަތަކާ ހެދި ސިޔާސީ ދާއިރާގައި އުޅޭ ބައެއް މީހުންގެ ނުރުހުން އަމާޒުވުމުން އޭނަ ކުރި ޓްވީޓެއްގައި ބުނީ ދެއްކި ވާހަކަތަކަކީ އެއްވެސް ސިޔާސީ ލީޑަރަކު ކުޑައިމީސްކުރުމުގެ ނިޔަތުގައި ދެއްކި ވާހަކަތެއް ނޫން ކަމެވެ.
"އަހަރެން ވާހަކައިގެ މައިގަނޑު ޕޮއިިންޓަކަށްވީ ތައުލީމުގެ މުހިއްމުކަން ފާހަގަކުރުން،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ ބުންޏެވެ. "ހަގީގަތަކީ ގައުމުގެ ރަނގަޅު މިސްރާބަކަށް ގެންދެވޭނަ ވަރުގަދަ ސިޔާސީ ލީޑަރުންތަކެއް އިންޑިއާގައި ތިބިކަން."