Last Updated: September 19, 21:36
Friday, September 20, 2024
ޚަބަރު

އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެ

މިއަދު ހަވީރު 4:45 ހާއިރު ބާރު ސްޕީޑްގައި ދުއްވަފައި ދިޔަ ސައިކަލެއް ކޮންޓްރޯން ނުވެ ޕޭވްމަންޓްގައި ޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމުން ފޭދޫ އާއި ވީކޮޅަށް ދަނިކޮށް އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ މަރަދޫ "ކިއު ކޯނާ ރެސްޓޯރަންޓްގެ ޑެލިވަރީގައި މަސައްކަތް ކުރާ މަރަދޫ އަބްހަރީ މަންޒިލް، ހައްވާ އަހްމަދުއެވެ.

މަންޒަރު ދުށް މީހަކު ބުނީ މިހާދިސާގައި ހައްވާ އަހްމަދު ވެއްޓި އެނާގެ މޫނަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ގަމު ޕޮލިސް ސްޓޭޝަނާއި ދިމާލުގައެވެ. އަދި ހައްވާ އަހްމަދު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންންނެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ ހައްވާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، މޫނަށް ލިބިފައި ހުރި ގެއްލުން ބެލުމަށް އެކްސްރޭ ނަގަން މިހާރު ވައްދާފައިވާ ކަމަށެވެ.