އިލެކްޓްރޯނިކްސް ސާމާން ވިއްކުމަށް މަޝްހޫރު ލިންކް ސާވް އާއި ގުޅިގެން ރާއްޖޭގެ އެއްނަންބަރު މޯބައިލް ފޯނު އޮޕަރޭޓާރ އުރީދޫން ހިތަދޫގައި ޕާޓްނާ ޝޮޕެއް ހުޅުވައިފިއެވެ.
ހިތަދޫ ލިލީ މަގުގައި ހުޅުވި މި ފިހާރަ ހުޅުއްވައިދެއްވީ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގްއެވެ. އުރީދޫގެ ސީއީއޯ އާއި ލިންކް ސާވްގެ އިސްވެރިންނާއި، އައްޑޫގެ ބައެއް މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވި ރަސްމިއްޔާތުގައި ސޯބެ ވިދާޅުވީ މިފަދަ ހިދްމަތެއް އައްޑޫގައި ފެއްޓެވީތީ އުރީދޫ އާއި ލިންކް ސާވްގެ އިސްވެރިންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ވިދާޅުވީ މި ފިހާރައިގެ ސަބަބުން ހިތަދޫގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ފަސޭހައިން އުރީދޫގެ ހިދްމަތް ލިބިވަޑައިގަންނަވާނެކަމަށެވެ. އަދި އުރީދޫން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ވީހާވެސް ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ހިދްމަތް ދިނުމަށް ކަމަށެވެ.
މިއަދު މި ހުޅުވި ލިންކް ސާވް ފިހާރައިން، އުރީދޫގެ ގިނަގުނަ ޑޭޓާ ޑިވައިސް ކަމަށްވާ، ޑޮންގްލް، މައިފައި، ރައުޓަރ އަދި އެކްޓިވޭޝަން، ރީޖާޖް އަދި ރާސްޓަސްގެ އިތުރުން ބިލް ދެއްކުމުގެ ހިދްމަތްދޭނެއެވެ.
މި ފިހާރަ، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން ރޭގަނޑު 23:00 އަށް ހުޅުވިފައި ހުންނާނެއެވެ.
ލިންކް ސާވްއިން ބުނީ އައްޑޫ ގައި ހުޅިވި ފިހާރައިން މާލެއާއި ކުޅުދުއްފުށީ އަދި ހުލުމާލެއިން ދެމުންދާ ހިދްމަތް އެއް އަގެއްގައި ފޯރުކޮށްދޭނެކަމަށެވެ.