ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ އައިމިނަތު ޢައްބާސް އަވަހާރަވެއްޖެ އެވެ.
އޭނަ އުމުރުން 69 އަހަރުގައި އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވާތާ ގިނަ ދުވަސްތަކެއް ފަހުން، މިއަދު ހެނދުނު އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އައިމިނަތު އައްބާސް އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި "ޑޭޒީމާ" ގެ ނަމުން މަޝްހޫރުވެވަޑައިގަތް އާމިނަތު ފާއިޒާގެ ދަރިކަނބަލެކެވެ. އޭނަ 2002 ގައި ދިވެހި އަދަބިއްޔާތަށް ޚިދްމަތްކުރުމުގެ ދާއިރާއިން، ޅެންހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބވަޑައިގެންފައިވެ އެވެ.
ސަރުކާރަށް ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި އައިމިނަތު އައްބާސް ސަރުކާރާ ގުޅިވަޑައިގެންނެވީ 1975 ގަ އެވެ.