އެމްވީކޭން ހުޅުމީދޫއޭއި ފޭދޫއެއި ދޭތެރެ އަދަސް އިއްޔެއަސް އަދި އޭގެ
ކުރިއެ ދުވަހިޔަސް ދަތެރެ ކެރާ ފެރީ ނިބާތާ. މީ މިކޯ ދޭތެރެ ދޭތެރެން
މިވެރިން ކެރާ ކަމަށް. ހަމަ ހިތަށް އެރިމެއި ބާފެއި ހިތަށް އެރިމެއި
ނިބާފެއި މިހަދަނީ.
އެމްވީކޭ ފެރީ ކެންސަލް ކެޑެމެއި ގަމި ބައެއް އޮފީސްތަކަށާއި ފޭދޫ ބައެއް
އޮފީސްތަކަށް ވަޒީފާއް އޭ ހުޅުމީދޫ މީހުން ތިބީ ރަށި ބަންދުވެފެއި.
އެކިއެކި ބޭނުންތަކި ދިގި ސިޓީއަށް އޭ ރައްޔިތު މީހާސް ހިންނަށް ޖެހެނީ
ނިގީފެއި ހައްޔަރަވެފެއި.
ހުޅުމީދޫއޭއި ފޭދޫއޭއި ދޭތެރެ އޮންނައް ލާޒިމުކެރާ ފެރީ ދޯނެ ދަތެރެ
މިޒާތަށް ދޭތެރެ ދޭތެރެން ކެންސަލް ކެރާހެދި ހުޅުމީދޫ މީހަކާއް މިކޯ
އެފަރި ވަޒީފާކި ހިށުމަސް މުސްތަހީލު ތެބެވެއި. ރައްޔިތުން ތިބީ ރަތަށް
އަރަފެއި. އެކަމަކި އެމްވީކޭ ޝަފީގު ހިތަށަސް މޭޔަރު ސޯބެ ހިތަށަސް އަދި
ހުޅުމީދޫ ކައުންސިލަރު އައްލާ ހިތަށަސް އަދި ނިވީތާކަށް ސަރުކާރަ
ހިނގުވާއް ތިބޭ ބާކިން ހިތަށަސް ކަހިރުވަކަކާއު އަސް ނިއަރައި. މީދެން
ބޮނޑަ ވަރަ ނޫނީ. ކިޔަންކާއު ދެން ބެނާނެއްޔަސް. ޕިސްޕިސް. ހާނ ދެން
ހިތަށް އަރާނެ އެއްތަކަސް ނެތްނުނީ. ޓްރާންސްޕޯޓް މިނިސްޓްރީޔަސް
އުވަލީމެއި ދެން ޓްރާންސްޕޯޓުގެ ޒިންމާ ސަރުކާރި ބޮލުން ނެއްޓިގޭ ކަމަށް
މިވެރިން ދެންނެއި.
މިވެރިން އެބާކިންނާއި ދޭތެރެ ދަންޖެހޭ ކަމަށް ބެނާ ރައްޔިތު މީހާ މިވަރަ
މުސީބާތި އެތެރެ އޮންނަ ކަލެކިޔަސް ސަރުކާރުން ނިހިނގަތާ މި ދަތެރެފަތެރާ
އެމްވީކޭ ޝަފީގު އަތުން ނަގާކަށް. އޭގެ ބަދަލި އަދިޔަސް އައްޑޫން އިތިރި
ބިން މިއެނީ އެމްވީކޭއަށް ދެމުން. މިކަހަލެއި ކަންތެއްތައް ފެންނާ
މަނިކުހާނު މިކޯ ދުނިޔެ ހިށި އެއްތެންނާ ކޭނެ މުޅު ނަމަށް މަކަށްނިޔަސް
އެނގެއި. މީޔަސް ދެން ބޮނޑަ އަޖާއިބަށް. ދެން ވެގެ ނުނީ މިކަން ވޭނެ
ބާކިންނާއި ހަވާލަ ކެރާއް. މީ މަދައްކާ ވާހަކާއް ނުން. މީ އެންމެންގެ
ވާހަކަ. މީ ހުޅުމީދޫ އެންމެންގެ ވާހަކަ. ހުވެއި މިބެނީ މިކަމާއި މިކޯ
އަޅާ ނިލީފެހޭ ދެން އޭ ވޯޓަކި ކުޅި ދައްކާށުމާ. ކެތްތެރިކަން މިކޯ
ކެޑުން ލާ ހިސާބި މިތިބީ.
އެމްވީކޭއަކީ ދެން މިވަރަކުން ބާކިން ހިމާޔަތްކެރާއް ކޮން ބާކިޔަ. މުލަކި
މީހުން ކޭލެކަށް އެކަލް އެކެޅަހަ މިކަލް މިކެޅަހަ ތިބޭ ބާކިޔަ. އެމްޑީޕީ
ޒަމާނި އެކެޑަށް. މިކޯ ޕީޕީ ކެޑަށް. ޝަފީގަކީ ވަރަށް ގާތް އެކުވެރިޔަކާއު
އަސް މީހާ ތެބެ ބެނަތާ. ދެން އެނގިޔޭހެއްތާ ހަތް ހާސް މީހުންތޯ ބޭނުމީ
ނުންފެހޭ ޝަފީގުތޯ ބޭނުމީ. މި އެމްވީކޭ އަކާއި އައްޑޫ ދަތެރެފަތެރާ
ހަވާލަކެޑެއި ނަޝީދުގެ ސަރުކާރުން. އެހެންމެއި މިއާފާތަށް އަފިރިން
ބޮލަށް ކަނޑަލީ ނަޝީދު އައު ބެނިޔޭހެއް. އަދި މިޔާ ދެރެފެއި ގަމި
ދޫގަހަސް އޮތީ ފަންސާސް އަހަރަށް އެމްވީކޭއަށް ދެރެފެއި. ދެން މިކޯ
އެމްވީކޭގެ އުނދަގުލުން ހުޅުމީދޫ މީހުން މިންޖު ނިވެ ހޭދަވޭ ކޮންމި
ސިކުންތަކި ޒިންމާ ވޭއް ޖެހޭނެއި މިކަލުގެ ސަރުކާރުން.
އެމްވީކޭން ހަމައެކަނި ފެރީ ދަތެރެފަތެރާ ހުއްޓަލީއަށް ނުނޭ.
ހުޅުމީދޫއަށް ގިނިގޭ ބަސް ދަތެރަސް ހުއްޓަލިޔަ.
ބަސް ޑްރައިވަރުންނަށް މުސާރާސް ނިދެތާ. އަދި ބަހާއް ދޭއްޖެހޭ އަހަރީ ފީ
އަސް މި އެމްވީކޭއަކުން ރަސްމީ އިދާރާކަށް ނިދައްކަތާ. ދެން ބާކިން
ފައްފަޑަގޭ އޯޑަނާކަށް ވޭނެއި މިހެއި ވަރަށް ނުނީ. ދަރުމާސް ވޭހެއް.
ސަރުކާރުން އަފިރިން މި އާފާތުން މިންޖުކޮށްދެއު. ނުންފެހޭ އަފިރިން
ޖެހިޔޭހެއް އަމެއްލާއް ފިޔަވަޅަ އެޑާއް.