އަދާލަތު ޕާޓީގެ އިސް މެމްބަރަކު މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އާ ގުޅިވަޑައިގެންފި އެވެ.
މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދު (ސަން ސިޔާމު) ގެ ޕާޓީއާ ގުޅިވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޝެއިހް އިލްޔާސް ޖަމާލެވެ. އޭނަ ވިދާޅުވީ މިހާތަނަށް ހުންނެވި އަދާލަތު ދޫކޮށްލައްވައި އިއްޔެ އެމްޑީއޭއާ ގުޅިވަޑައިގެންނެވީ ފުޅާ ދާއިރާއެއްގައި އިސްލާމް ދީނަށް ހިދުމަތް ކުރުމަށް އެ ޕާޓީގެ ދީނީ ކައުންސިލާ ހަވާލުވުމަށް ސިޔާމް މުހައްމަދު ދެއްވި ދައުވަތަކަށް ކަމަށެވެ.
ސިޔާމް ވަނީ އެ ދައުވަތު ގަބޫލުކުރައްވައި އިލްޔާސް ޖަމާލު އެމްޑީއޭއާ ގުޅިވަޑައިގަތުމަކީ ޕާޓީގެ މެމްބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީއޭގެ އިސްލާމިކް ކައުންސިލްގެ ޚިދްމަތްތައް ފުޅާދާއިރާއެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ޕާޓީގެ ދީނީ ކައުންސިލާ ޙަވާލުވުމަށް އަޅުގަޑު ގެ ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިޙް އިލްޔާސް ޖަމާލް އަޅުގަޑުމެންނާއި ގުޅުމަކީ އަޅުގަޑާ ޕާޓީގެ… pic.twitter.com/8xFIA8FGXA
— Ahmed Siyam Mohamed, MP (@Sun_Siyam) July 12, 2023
އިލްޔާސް ޖަމާލަކީ މުސްލިމް ވޯލްޑް ލީގުގެ މާލޭ އޮފީހުގެ ސެކްރެޓަރީކަމާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އޮޕަރޭޝަންސް މެނޭޖަ ކަމާއި ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކެޓަރީކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އޭނަ އަދާލަތު ދޫކޮށްލައްވައި އެމްޑީއޭއާ ގުޅިވަޑައިގަތް އިރު، މި ދެ ޕާޓީ އަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކޯލިޝަން ދެ ޕާޓީ އެވެ. އެމްޑީއޭ އަކީ އަލަށް އެމްޑީޕީއާ އެކީ ކޯލިޝަން ހެދި ޕާޓީއެކެވެ.
ދެހާސް އަށާރައިފައި ހެދި ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތަކީ ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ނިސްބަތްވާ ޕާޓީއެކެވެ.