Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ގާސިމު، އަލީ ވަހީދާ ބައްދަލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

އަލީ ވަހީދަށް ކުރި ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ދައުވާތައް އަނބުރާ ގެންދިޔުމުން އޭނާ ވަނީ ރާއްޖޭން ބޭރުގައި ހުންނެވުމަށްފަހު ދާދިފަހުން ރާއްޖެ ވަޑައިގެންފަ އެވެ.

ގާސިމް އާއި އަލީ ވަހީދުގެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ގާސިމްގެ ސަން އައިލެންޑްގަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމެއް ޖޭޕީން ހާމަކޮށްފައެއް ނުވެ އެވެ.

އަލީ ވަހީދަކީ ޖޭޕީގެ ކުރީގެ ރައީސެވެ.

ރިޔާސީ ރޭހަށް ނިކުންނެވުމަށް ގާސިމް ނިންމަވާފައިވާއިރު އޭނާ ވަނީ 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަ ކުރައްވައިފަ އެވެ. މިއިން އެއްވެސް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.