ބައިބައި ކުރުމާއި ރޫޅައިލުން ފަދަ ކަންކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތުތަކެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ
ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ބައިބައިކޮށްލައި، އެ ޕާޓީގެ މެމްބަރުންތަކަކާ އެކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި، މިހާރު އެމްޑީޕީ ރޫޅައިލާނެ ކަމަށް ވިދާޅުވާތީ އޭގެ ރައްދުގައި ރޮޒޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ ނަޝީދު ގެންގުޅުއްވާ ފަދަ ނޭއްނާގީ ސިޔާސަތުތައް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.
"ބައިބައި ކުރުން، ރޫޅާލުން، ފުރައްސާރަކުރުން، ހަނގާކުރުން މިއީ ރައީސް ސޯލިހު ސިޔާސަތެއް ނޫން،" އޭނަ ވިދާވި އެވެ. އެ މަނިކުފާނަކީ އެކުވެރިކަމާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ހިތްވަރު ދެއްވާ ކެތްތެރިކަން އިސްކުރައްވައިގެން ހައްލު ހޯއްދަވާ ބޭފުޅެއް."
Baibai kurun, rulhaalun, furassaara kurun, hangaa kurun, mee R @ibusolih ge siyaasatheh noon. Emanikfaanakee ekuverikama, gulhigen masakkaiy kurumah hivvaru dhevvaa, keitherikan iskuravvaigen hallu hoadhavaa beyfulheh.
Dhivehinnah #UfaaveriAmaanRaajje eh hoadhaadheveynee R Ibu ah pic.twitter.com/0rcEbhHb8d— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 (@Roxeyna) July 15, 2023
ރޮޒޭ ވިދާޅުވި ގޮތުގައި މިފަދަ ސަބަބުތަކާ ހެދި ދިވެހީންނަށް އަމާން ރާއްޖެއެއް ހޯދައި ދެއްވޭނީ ރައީސް ސޯލިހަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދު ޑިމޮކްރެޓްސް އަށް ސޮއިކުރައްވަން ބޭއްވި ޖަލްސާގައި ވަނީ އެމްޑީޕީ މިހާރު އޮތީ ފޫވެއްޓިފައި ކަމަށާއި އެހެންވެ އެ ޕާޓީ ރޫޅައިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެމްޑީޕީ ރޫޅާލާނަން. ރޫޅާނާލާން. ތި ކެޔޮގަނޑުގެ ފޫ ވައް ވެއްޓިއްޖެ. ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން." ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލު ވިދާޅުވީ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދައި ހަމައެކަނި ސިޔާސަތަކީ ނަޝީދަށް ސިޔާސީ ބާރުވެރިކަން ހޯދަން ނަފުރަތު އުފެއްދުން ކަމަށް ވިޔަސް އެ މަގުސަދު ހާސިލްކުރަން އެމްޑީޕީ ރޫޅާޅައި ފުނޑުފުނޑުކޮށްލިޔަ ނުދެއްވާނެ ކަމަށެވެ.