Last Updated: November 24, 05:46
Sunday, November 24, 2024
ރިޕޯޓް

އިންޖީނު މަރާމާތަށް އަނެއްކާވެސް ކަރަންޓް ކަނޑާލަނީ!

އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ: ކަރަންޓްގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

މަރުކަޒީ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯއަށް މައްސަލައެއް ދިމާވެ، މަރާމާތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލުމަށް ނޯޓިސް ތައްޔާރު ކުރަން ފަށައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފަިއވާ ގޮތުގައި، ކުރިންވެސް ކަރަންޓް ކަނޑަމުން ދިޔަ އުސޫލުން ގަޑިއަކުން، ގަޑިއަކުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ވަނީ ނިންމާފައެވެ.

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ނުކުރެވި، ދިގުލައިގެން ގޮސްފައިވާ އިރު ސަރުކާރުގެ "24 ގަޑިއިރު ކަރަންޓް ޔަގީން" ސިޔާސަތުގެ ދަށުން އައްޑޫއަށް އިންޖީނެއް ގެނައުމަށް އަދިވެސް ދައްކަނީ ހުސް ވާހަކައެވެ. އަދި ފެނަކައިން 77 ޖަނަރޭޓަރު ރާއްޖެ ގެނެސް ރަށްތަކަށް ފޮނުވާލިއިރު އައްޑޫ އަށް ދީފައިވަނީ އިންޖީނު ގެންނަން އުޅޭ ކަމަށް ލިޔެފައިވާ ކަރުދާސް ކޮޅެކެވެ.