Last Updated: April 19, 23:09
Saturday, April 19, 2025
ޚަބަރު

އަމީން ޕީއެޗްޑީ ހާސިލުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމުގައި ހުންނެވި އަމީން އިބްރާހީމް ޕީއެޗްޑީ ހާސިލްކުރައްވައިފި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރެއްވީ ޔުނިވާސިޓީ އޮފް ވޭލްސްއިންނެވެ.

ތައުލީމީ ރޮނގުން ހޯއްދެވި މި ބޮޑު ކާމިޔާބީގެ ވާހަކަ ފޭސްބުކްގައި ހިއްސާކުރައްވައި އަމީން ވިދާޅުވީ ޕީއެޗްޑީ އުނގަނެން އޮތް ޝައުގުވެރިކަން އިތުރުކޮށްދިން މައިންބަފައިންނަށް ހިތުގެ އެންމެ ފުންމިނުން ދާއިމީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި ކާމިޔާބީ ހާސިލްވުމުގައި އެހީތެރިވެ ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާކުރައްވާފައިވެ އެވެ.

ބ. ތުޅާދު އަށް އުފަން އަމީނަކީ ޓްރާންސްޕޯޓް މިނިސްޓަރުގެ އިތުރުން ވެސް ކުރިން ސަރުކާރުގެ އެކި މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީގެ ނައިބުކަމާއި، ތައުލީމީ ފަންޑުގެ ޗެއާމަންކަމުގެ މަގާމު ހިމެނެ އެވެ. އަދި ކުރީގެ އެމްއެންބީސީގެ ޑެޕިއުޓީ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމާއި، އެމްޓީސީސީ ބޯޑުގެ ޑިރެކްޓަރުކަމުގެ މަޤާމުގެ އިތުރުން، ކުންފުނިތައް އެސްޓެބްލިޝްކޮށް އެތަންތަނަށް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވެ އެވެ. ވެސް ކޮށްދީފައެވެ.

އަމީނަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭންގައި މިހާރު އެންމެ އިސްކޮށް އުޅުއްވާ އެކެކެވެ.