މިހާރު ދަ ޑިމޮކްރެޓްސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަމިއްލަ އެދުމާ އުޅުއްވާ ބޭފުޅެއް ކަމަށާއި ނަޝީދަކީ އަމިއްލަ އެދުމަށް ކޮންމެ ފަދަ ކަމެއް ވެސް ކުރައްވާނެ ބޭފުޅެއް ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އޭނަ މިގޮތަށް ވިދާޅުވެ ޓްވީޓްތަކެއް ކުރެއްވީ ވެރިކަމުގައި ހުންނަވަނިކޮށް "ބަޢާވާތްކޮށް" ވެރިކަން ވައްޓާލުމުގައި އިސްކޮށް ތިއްބެވި ކަމަށް ބުނެ ކުރިން އެތައް ނަމަކުން ގޮވި ބަޔަކާ އެކީ އަލުން މަޝްވަރާތަކެއް ކުރައްވަން ފެއްޓެވުމާ ގުޅިގެންނެވެ. އެއީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމެވެ.
Badi jassaigen majboor kuruvaigen isthiufaa dheyn jehunee kamah bune Nazim + Riyaz ai dhekolhah ethah jareemaa eh hinguvai adu ufuluvi!
Miadhu ehuirhai gurubaanee eh ve Majlis Raees kan hoadhai dhin Rayyithun kanFaih mathee e jehee baarah! Amilla edhumah nukuraane kameh neih! 😭— Feydhoo Meehaa (Mohamed Nihad) (@nihad_m) July 19, 2023
ނަޝީދުގެ ޑިމޮކްރެޓިކްސް އިން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އިއްޔެ ނާޒިމްގެ އެމްއެންޕީ އާއި ގާސިމްގެ ޖުމްހޫރީ ޕާޓީއާ މަޝްވަރާކޮށްފަ އެވެ.
އެކަމާ ގުޅުވައި ނިހާދު ވިދާޅުވީ ނަޝީދަކީ ބަޑި ޖައްސައިގެން މަޖުބޫރު ކުރުވައިގެން އިސްތިއުފާ ދެއްވަން ޖެހުނީ ކަމަށް ވިދާޅުވެ ނާޒިމް ފަދަ ބޭފުޅުންނާ ދެކޮޅަށް އެތައް ޖަރީމާއެއް ހިންގުވައި އަޑު އުފުލެއްވި ބޭފުޅެއް ކަމަށެވެ.
"މިއަދު އެ ހުރިހާ ގުރުބާނީއެއްވެ، މަޖިލިސް ރައީސްކަން ހޯދައި ދިން ރައްޔިތުންގެ ކަންފަތްމަތީ އެ ޖެހީ ބާރަށް،" އޭނަ ވިދާޅުވި އެވެ. "އަމިއްލަ އެދުމަށް [ނަޝީދު] ނުކުރާނެ ކަމެއް ނެތް."
އިންތިހާބަށް ގުޅިފައިވާ ކެންޑިޑޭޓަކު ނެރެން ޖޭޕީ އާއި އެމްއެންޕީ އަދި ޑިމޮރެކްޓްސް މަޝްވަރާކޮށް އެކަމަށް އިއްޔެ އެއްބަސްވެފައިވެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އަށް ޝައުގެއް ނެތް ކަމަށެވެ. ނާޒިމަކީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ގާސިމަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެވެ.