Last Updated: April 21, 10:12
Monday, April 21, 2025
ޚަބަރު

މެމްބަރު އާމިރު ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް

ޓްރެފިކް ފުލުހުންތަކެއް ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހައްޔަރުކުރަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ރޭގެ ނަގާފައިވާ ކަމަށް ބެލެވޭ މި ވީޑިއޯގައި ސައިކަލް މަގީތީގައި އިންނެވި އާމިރުގެ ފަރާތުން ފުލުހުންތަކެއް އޭނަގެ އަތުގައި ހިފައި، ގަދަކަމުން ފުރަގަހަށް އަތް ގެންދަން މަސައްކަތްކުރާ ތަން ފެނެ އެވެ. އަދި "އަނިޔާ ނުކުރާށޭ" އާމިރު ވިދާޅުވާ އަޑު ވެސް އިވެ އެވެ. އެ ވީޑިއޯގައި ސައިކަލު މަތިން އާމިރު ބާލައިގެން ގެންދާ ތަން ވެސް ފެނެ އެވެ.

އެނގިފައިވާ ގޮޔުގައި ފުލުހުން އާމިރު ހިފަހެއްޓީ ލައިސަންސް ކާޑު ނެތި ދުއްވުމުގެ ސަބަބުންނެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނިުނެ އެވެ.

އާމިރަކީ ސަރުކާރާ އެކީ މި ފަހަރު އަލަށް ކޯލިޝަން ހެދި ޕާޓީ، އެމްޑީއޭ އަށް ނިސްބަތްބާ މެމްބަރެކެވެ.