އައިފޯން 15 އަށް އިންތިޒާރުކުރާ މީހުންނަށް މިހާރު އޮތީ އެހާ އުފާވެރި ޚަބަރެއް ނޫނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ކުރިކޮޅު އައިފޯން 15 ލޯންޗްކުރަން ތައްޔާރުވަމުން އަންނަ އިރު، އެންމެ ފަހުން ނެރުނު އައިފޯން 14 އަށް ވުރެ، އައިފޯން 15 އަގުބޮޑުވާނެ އެވެ. އެގޮތުން ހާއްސަކޮށް އައިފޯން 15 ޕްރޯ މޮޑެލްތަކުގެ އަގު، ބޮޑުވާނެ އެވެ. އެގޮތުން އޭގެ އަގު 100 ޑޮލަރު ނުވަތަ އެއަށް ބޮޑު އަދަދަކުން ބޮޑުވާނެ އެވެ.
ޓެކް ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އައިފޯން 15 ގެ އަގު ބޮޑުކުރަން އެޕަލް ބޭނުންވާ އެއް ސަބަބަކީ މި އަހަރު ތަންކޮޅެއް ލިމިޓްކޮށް ފޯނު ނެރެން ޕްލޭންކޮށްފައި އޮތުމެވެ. އެގޮތުން މި އަހަރު ނެރޭނީ އައިފޯން 15 ގެ 85 ޔުނިޓެވެ.
Apple is reportedly considering increasing the price of the upcoming iPhone 15 Pro models to increase revenue
Would you be willing to pay $100+ more for the new iPhones?
Source: @Bloomberg pic.twitter.com/swvHO4ITXE
— Apple Hub (@theapplehub) July 24, 2023
ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރު ފޯނުގެ އަގު ބޮޑުކުރަން އެޕަލް އިން ބޭނުން ވަނީ ކުންފުނީގެ އާމްދަނީ ވެސް އިތުރުކުރުމަށެވެ. ސަބަބަކީ މި ފަހުން ކުރިމަތިވެފައި އިންފްލޭޝަނާއި ޓެކް އުފެއްދުންތަކަށް އޮތް ޑިމާންޑް ވެސް ދަށްވެފައި އޮތުމުން، ކުންފުނީގެ އާމްދަނީ ވެސް ދަށްވެފައި އޮތުމެވެ.
އެހެންވެ އެތަން ފޫބައްދައ އަހަރު ނިމުމުގެ ކުރިން ރަނގަޅު އާމްދަނީއެއް ކުންފުންޏެއް ވެއްދުމަކީ އަހަރުގެ ބާކީ މިއޮތް މުއްދަތުގައި އެޕަލް އިން ވަރަށް ބޮޑަށް ކުރަން ބޭނުންވާ ކަމެކެވެ. އަދި އެކަމަށް މި އަހަރު އޮތް އުންމީދަކީ އައިފޯން 15 އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އައިފޯން ލޯންޗްކުރާނެ ކަމަށް ބެލެވެނީ ސެޕްޓެމްބަރު 6 ގަ އެވެ. ވާ ގޮތެއް ބަލަން އިންތިޒާކުރަމާ ހިނގާށެވެ.