އިއްޔެ ރެއިން ފެށިގެން މާލޭގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަހުގެ ރޯގާއެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ކުދިންތަކެއް އެޑްމިޓްކޮށް ފަރުވާ ދޭން ޖެހިފައިވެ އެވެ. އެކަމާ ގުޅިގެން އިއްޔެ
އެޗްޕީއޭ އިން ބުނީ އެކަން މެދުވެރިވެފައި ވަނީ ވައިރަސްއެއްގެ ސަބަބުން ކަމަށާއި އެއީ ކާއެއްޗެއްގެ ސަބަބުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށެވެ.
އެތަނުން މިއަދު ބުނީ މާލޭ ސަރަހައްދުގައި މި ވަގުތު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިނގުމަކީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ. އަދި މިއީ ހަލުވިކަމާއި އެކުީ ފެތުރޭ ވައިރަސްއެއް ކަމަށާއި ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ވައިރަހެއް ކަމަށް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހޮނޑުލެވުމާއި ބޭރަށްހިންގުމާއި ބަނޑާއި ކަށިތަކުގައި ރިއްސުމާއި ގައިގެ މަސްތަކުގައި ރިއްސުމާއި ހުންއައުން ފަދަ ކަންކަން ހިމެނެ އެވެ.