Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

އެމްއާރްއެމަށް އިންތިހާބުގައި ވާދަކުރެވޭނެ: ފުއާދު

އިލެކްޝަން ކޮމިޝަން އީސީ) އިިން އުވާލާން ނިންމާފައި އޮތް، އެމްއާރްއެމަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްއާރުއެމްއަށް ހުރަހެއް ނެތް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިޅުވެއްޖެ އެވެ.

ކޮމިޝަންގެ މެމްބަރުން އިތުބާރު ނެތް ކަމަށް ނިންމާފައިވާ ފުއާދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ
ޕާޓީ އުވައިލަން އީސީން ނިންމި ނިންމުން މަޑު ޖައްސައިލަން ކޯޓުން މިހާރު އޮތީ އަންގައިފައ ކަމަށެވެ. އެހެންވެ އެ ޕާޓީ އަާް އިންތިހާބުގައި ވާދަކުރަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްއާރްއެމް އުވައިލަން ނިންމީ ގާނޫނުގައި ބުނާ މިންވަރަށް ޕާޓީގައި މެމްބަރުން ހަމަނުވާތީ އެވެ. ސިޔާސީ ޕާޓީގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއްގެ މެމްބަރުން އަދަދު 3،000 އަށް ވުރެ މަދު ނަމަ އެ ޕާޓީއެއް އުވައިލެވޭނެ އެވެ.

ފުއާދު ވިދާޅުވީ ސިވިލް ކޯޓުން އަންގާފައި އޮތީ އެމްއާރުއެމްގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕާޓީ އުވައިނުލަން ކަމަށެވެ. އެހެންވެ އެ ޕާޓީން އިންތިހާބަ ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އެމްއާރްއެމް އިން ރިޔާސީ ޕްރައިމަރީ އަށް ހުޅުވައިލުމުން ނަން ހުށަހެޅުއްވީ މައުމޫންފެ ދަރިކަލުން ފާރިސް މައުމޫން އެކަންޏެވެ. އެހެންވެ އޭނަ އަށް ޓިކެޓް ކަށަވަރުވެފަިއވެ އެވެ.

އެމްއާރްއެމް އުވައިލުމުގެ މައްސަލަ އޮތުމުން ފާރިސް އޮތީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ކުރައްވަން ޖެހޭ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.