ކައިވެންޏަށް ބައި ގަރުނުވުމާ ގުޅިގެން އެމެރިކާގެ ދަނޑުވެރިކު އަންހެނުންނަށް ހަދިޔާއަކަށް 80 އޭކަރުގެ ސަންފްލާވާ ދަނޑެއް ހަދިޔާކޮށްފި އެވެ.
މި ދަނޑުގައި 1.2 މިލިއަން ސަންފްލާވާ ގަސް އިންދާފައިވެ އެވެ. ކައިވެންޏަށް 50 އަހަރުވުމާ ގުޅިގެން އަންހެނުންނަށް ސަޕްރައިޒް ހަދިޔާއެއްގެ ގޮތުގައި ދިން ބިޔަ ދަނޑު އޮތީ ރީނދޫ ކުލައިގެ މާތަކުން ފަރިވެ ފޮޅިފަ އެވެ. މިފަދަ ހިތްގައިމު ހަދިޔާއެއް އަންހެނުން ރެނީ ވިލްސަނަށް ދިން ލީ ވިލްސަން ބުނި ގޮތުގައި 80 އޭކަރުގެ ބިމެއް ހޯދައި، އެތަނުގައި ސަންފްލާވާ ގަސް އިންދަން ފެށީ އަންހެނުން ސިއްރިޔާތުގަ އެވެ. އަދި އެކަމުގައި އޭނަ އަށް އެންމެ ބޮޑު އެހީތެރި ކަމެއް ދިނީ ފިރިހެން ދަރިފުޅު ކަމަށް ބުންޏެވެ.
މި ދަނޑުގައި ސަންފްލާވާ ގަސް އިންދުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައި ކަމަށް ވިލްސަން ބުންޏެވެ.
"އަންހެނުންނަށް އަބަދު ވެސް އެންމެ ރީތި މަލަކީ ސަންފްލާވާ ކަމަށްވާތީ އާއި އަހަރެމެންގެ ކައިވެންޏަށް ބައި ގަރުނުވުމާ ގުޅިގެން އެނިވާސާރީ ހަދިޔާއަކަށް އަންހުންނަށް ދޭން މިއަށް ވުރެ ވަކި ހިތްގައުމު ހަދިޔާއެއް ނެތް." އޭނަ ބުންޏެވެ.
ވިލްސަން ކިޔައިދިން ގޮތުގައި ދަނޑު އަންހެނުންނަށް ހަދިޔާއަކަށް ދައްކައިލި ވަގުތު އޭނަ ހައިރާންވެގެން ގޮސް މޫނުމައްޗަށް އޭނަ އެރި ކުލަވަރާއި ލިބުނު އުފާވެރި ކަމަކީ އެންމެ ދެކެން ބޭނުންވި ކަންތަކެވެ.
ފިރިމީހާ ދިން ހަދިޔާއާ ބެހޭ ގޮތުން ރެނީ ބުނީ "މިއީ ހަގީގަތުގައި ވަރަށް ބޮޑު ސަޕްރައިޒެއް" ކަމަށެވެ.
"މިއަށް ވުރެ ދެން ކޮން ހަދިޔާއެއް މީހަކަށް ހާއްސަ ވާނީ؟" އުފަލުން ފޮޅިފައިވާ ރެނީ ބުންޏެވެ.