ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީން ކޯހުގެ އެއްވަނަ ކޮންސްޓަބްލް އިބްރާހިމް ރިޝްވާން ހޯދައިފިއެވެ.
އައްޑޫ ޕޮލިސް ކޮލެޖުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި 35 ވަނަ ފުލުހުންގެ އަސާސީ ތަމްރީން ދަސްވެނިވިވުމުގެ ރަސްމީއްޔާތު ޝަރަފުވެރިކޮށް ރައީސުލް ޖުމުހޫއްރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މިރަސްމީއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، އަދި އޮފް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާންގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެންސީޕީއެލްގެ އެކި ފެކަލްޓީތަކުގެ އިސްވެރިންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެވިއެވެ.
މިދިޔަ މާރިޗު މަހުގެ 19 އިން ޖުލައި މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުން ވަނަތަކަށް އައި ދަރިވަރުންނަށް ހަނދާނީ ލިއުމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމްއެވެ.
މިކޯހުގެ ހުރިހާ ގޮތަކުން އެއްވަނަ ހާސިލްކޮށްވަފައިވަނީ ކޮންސްޓަބްލް ރިޝްވާން އިބްރާހިމްއެވެ. މިއާއެކު ކޯހުގެ އައުޓްޑޯ މާއްދާތަކުން އެއްވަނަ ރިޝްވާން ވަނީ ހާސިލްކޮށްފައެވެ. އޭނާއަށް ހަނދަނީ ފިލާ އަދި ސެޓްފިކެޓް ނައިބް ރައީސް ފައިސަލް ނަސީމް ހަވާލުކޮށްދެއްވިއިރު، ކޮމިޝަނަރސް އެކްސެލެންސް އެވޯޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މުޅި ކޯހުގެ ދެވަނަ ހާސިލްކޮށްފައިވަނީ، ކޮންސްޓަބްލް މުސައިދު މުހައްމަދެވެ. މުސައިދު ވަނީ ކޯހުގެ ދެވަނައިގެ އިތުރުން އައުޓްޑޯ މާއްދާތަކުން ތިންވަނަވެސް ހާސިލްކޮށްފައެވެ.
މުޅި ކޯހުގެ ތިންވަނަ ހޯދާފައިވަނީ ކޮންސްޓަބްލަ އަލީ ސިމާހުއެވެ. ސިމާހު ކޯހުގެ ތިންވަނައިގެ އިތުރުން އައުޓްޑޯ މާއްދާތަކުން ދެވަނަ ވަނީ ހާސިލްކޮށްފައެވެ.
ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް އަޙްމަދު ޝިފާއުއެވެ. ދެވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް އަލީ ސިމާހް ހޮވިފައިވާއިރު ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުސައިދު މުޙައްމަދުއެވެ.
އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް ރިޝްވާން އިބްރާހީމް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް ޖުމާން މުޙައްމަދުއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަޒްލީން އަލީއެވެ.
މީގެ އިތުރުން މުޅި ކޯހުގެ އެންމެ ރަނގަޅު ސްކޮޑަށް ހޮވިފައިވަނީ އައިނެލާ ސްކޮޑެވެެ. އެންމެ މޮޅު ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މިއީ އައްޑޫ ޕޮލިސް ކޮލެޖު ހުޅުވުނު ފަހުން ކުރިއަށް ގެންދެވުނު ފުލުުހުންގެ ދެވަނަ އަސާސީ ތަމްރީނު ކޯހެވެ. މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. އެގޮތުން، ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފުލުހުންގެ 35 ވަނަ އަސާސީ ތަމްރީން ކޯހުގައި 48 އަންހެން ބައިވެރިންނާއި 172 ފިރިހެން ބައިވެރިން ބައިވެރިވިއެވެ. ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައި ވަނީ 192 ބައިވެރިންނެވެ.
ރަސްމިއްޔާތު ނިންމައިލާފައިވަނީ ކޯހުގެ ދަރިވަރުންގެ ރޫޓް މާޗަކާ އަދި ބަޑިބޭހުގެ ކުޅިވަރުތަކާ އެކުގައެވެ.