Last Updated: September 19, 21:36
Thursday, September 19, 2024
ވިޔަފާރި

ޑެންމާކުން އަންނަ ދެވަނަ ފްލައިޓް މިއަދު

ޑެންމާކުން ގަމަށް ފަށާފައިވާ ޗާޓަރު ދަތުރުތަކުގެ ތެރެއިން ބާއްވާ ދެވަނަ ފްލައިޓް މިއަދު އޮންނާނެ އެވެ.

މި މަހުގެ 6 ވަނަ ދިވަހު ފެށި މި ދަތުރުތަކުގައި އަންނަ ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރަން ހަމަޖެހިފައި ވަނީ ސިންގަޕޫރުގެ ކެނަރީޒުން މިހާރު ހިންގަމުން އަންނަ ހެރަތެރަ އައިލެންޑް ރިސޯޓްގަ އެވެ.

ޑެންމާކުން ގަމަށް ބާއްވާ ސީދާ ޗާޓަރު ދަތުރުތަކަކީ އެ ގައުމުގެ ޓުއާ އޮޕަރޭޓަރެއް ކަމަށްވާ ޕްރިމޯ ޓުއާޒް އާއި އައްޑޫގެ މަޝްހޫރު ވިޔަފާވެރިޔާ މުހައްމަދު ނައީމް (ހެޕީ މާކެޓް) ނައީމްގެ ހިއްސާ އޮންނަ ސްޕްލެންޑިޑް އޭޝިއާ ގުޅިގެން ބާއްވާ ދަތުރުތަކެކެވެ. މި ދަތުރުތައް މި ފަހަރު ކުރަނީ ޖެޓްޓައިމްގެ ފްލައިޓެއްގަ އެވެ.

ޑެންމާކުން ގަމަށް ބާއްވާ ދަތުރުތައް އަންނަ އެޕްރީލް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

އެގޮތުން ކޮންމެ މަހަކު ތިން ދަތުރު ގަމަށް އަޅާނެ އެވެ.

ގަމަށް މި މަހު އޮންނަ ތިން ވަނަ ފްލައިޓް އޮންނާނީ މި މަހުގެ 27 ގަ އެވެ.

ހެރަތެރަ އިން ބުނީ ޑެންމާކުން އަންނަ ޓޫރިސްޓުންނާ އެކު އެ ރިސޯޓްގެ އޮކިއުޕަންސީ އަށް 35 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ.