Last Updated: April 21, 22:45
Monday, April 21, 2025
ސިއްހަތު

އައްޑު އަށް ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް

އެކްސިޑެންޓްވި މީހަކު ވެހިކަލަކަށް އަރުވަނީ. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫގައި ޕެރަމެޑިކް ނުވަތަ އިމަޖެންސީ ފަރުވާދެވޭ އެމްބިއުލާންސްގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ޕެރަމެޑިކް އެމްބިއުލާންސް އަންނަ މަހުގެ ތެރޭގައި ރާއްޖެ ގެނެސް ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާނެ އެވެ.

މާލޭގެ އިތުރުން ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ފަށާގޮތަށް ހަމަޖައްސާފައި ވަނީ އައްޑު އާއި ލ. ގަމުގަ އެވެ.

މިއީ އަތޮޅުތަކަށް ޕެރަމެޑިކް އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރާ ފުރަތަމަ ފަހަރެވެ.

ހުސެއިން ވިދާޅުވެފައި ވަނީ ޕެރަމެޑިކް އެމްބިއުލާންސަކީ ވެސް ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތައް ދަރަޖަކޮށް އެތަންތަނަށް ބޭނުންވާ މެޝިނަރީތަކާއި އިކުއިޕްމަންޓް ހަމަކުރު ކުރުމަށް ފަށާފައިވާ މަޝްރޫއެއް ކަމެކެވެ.