Last Updated: November 24, 09:09
Sunday, November 24, 2024
ޚަބަރު

ހިމަބިހީގެ އިތުރު ކޭހެއް، މިފަހަރު ވެސް ބޭރުން

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

ހިމަބިއްސަ އިތުރު މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) ހާމަކޮށްފިއެވެ.

އީއްޔެ މި ކޭސް ފެނިފައިވާއިރު، ކޭސް ފެނިފައިވަނީ ކޮން ތަނަކުން ކަމެއް އެޗްޕީއޭއިން ހާމަކޮށްފައި ނުވެއެވެ. މި ކޭސްއަކީވެސް މީގެ ކުރިން ކޭސް ފަދައިން، ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްއެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއާއެކު ކޮންޓެކްޓް ޓްރޭސިންގް މަސައްކަތް ފަށާފައިވާ ކަމަށާއި، ބަލިމީހާއި ދިމާވި ފަރާތްތައް މިހާރު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެއިދާރައިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ކޮންޓެކްޓް ޓްރޭސިންގްއަށް ފަހު، ވެކްސިން ފުރިހަމަ ވެފައި ނުވާ ފަރާތްތަކަށާއި، ބަލި ޖެހުުނު ފަރާތްތަ ދިރިއުޅުނު ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅުވެސް ހިމަބިހި ކޭސްއެއް ރާއްޖެއިން ވަނީ ފެނިފައެވެ. އަދި މިހާތަނަށް ބެލިބެލުމުން މި ދެ ކޭސްގައި އެއްވެސް ގުޅުމެއްވާކަން ފާހަގަ ނުވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިއެކެވެ. އަދި މިކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއިންވެސް ވަނީ ފާހަގަކޮށްފައެވެ.