Last Updated: November 30, 20:23
Saturday, November 30, 2024
ޚަބަރު

ރަޔަޓް ފުލުހުން ފޮނުވަންޏާ ރައްޔިތުން ރުޅިގަދަވާނެ

ކެމްޕޭނަށް ރަށްރަށަށް ވަޑައިގަންނަވާ އިރު ރަށްރަށް ރަޔަޓް ފުލުހުން ފޮނުވާ ނަމަ ރައްޔިތުން ރުޅިގަދާނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ސޯލިހަށް ކުރީގެ ރައީސް މުހައްމަދު ފާޑު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ ކެމްޕޭނަށް ވަޑައިގަންނަވާ އިރު، ރަށްރަށަށް ރަޔަޓް ފުލުހުން ފޮނުވައި، ރަށް ކޯޑަންކޮށް ހަދާ ނަމަ ރައްޔިތުންގެ ރުޅިވެރިކަންމ ބޮޑުވާނެ ކަމަށެވެ.

"އެކަން ރައީސް ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ." އާ ޕާޓީ، ޑިމޮކްރެޓްސް އަށް ނިސްބަތްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް މިއަދު ހެނދުނު މަޑަވެއްޔަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރަން ތައްޔާރުކޮޮށްފައި އޮތް ތަނުގައި ބަޔަކު ރޭ ވަނީ އަލިފާން ރޯކޮށް، ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ބައެއް އެކި ހިސާބުތަކުން ރައީސްގެ ކެމްޕޭނަށް ހުރަސް އަޅަމުންދާކަން ފާހަގަކުރެވެ އެވެ. އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން އެ މަނިކުފާނި ފުވައްމުލަކަށް ވަޑައިގެން ބޭއްވި ޖަލްސާއާ ދިމާކޮށް ވެސް، އިދިކޮޅު ބަޔަކު ނުކުމެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވެ އެވެ.

ނަޝީދު މިއަދު ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާ އެކީ ކެމްޕޭނަށް ފުވައްމުލަކަށް ފުރާވަޑައިގެންފަ އެވެ.