ޑައިރެކްޓަރު އިމްތިއާޒް އަލީގެ ހިޓް ފިލްމް "ރޮކްސްޓާ" އިން ބޮލީވުޑަށް ތައާރަފު ނަރުގިސް ފަހުރީގެ ފުރަތަމަ ހޮލީވިޑް ފިލްމް "ސްޕައި"ގެ ފުރަތަމަ ޓްރެއިލާ ލޯންޗްކޮށްފި އެވެ.
"ބްރައިޑްސް މެއިޑް" އާއި "ދަ ހީޓް" ފަދަ ފިލްމުތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ޕޯލް ފެއިގްގެ "ސްޕައި" އަކީ ހެއްްވާ މަޖާ ހާދިސާތަކެއް ދައްކުވައިދޭ ޖާސޫސީ އެކްޝަން ތްރިލާއެކެވެ. މި ފިލްމުގައި ނަރުގިސް ފެނިގެން ދާނީ ސީކްރެކްޓް އެެޖެންޓެއްގެ ރޯލުންނެވެ.
އޭނާ އާ އެކު މި ފިލްމުގެ މުހިއްމު ރޯލްތަކުން ޖޫޑް ލޯ އާއި މެލިސާ މެކާތީ ފަދަ މަޝްހޫރު މޫނުތައް ފެނިގެން ދާނެ އެވެ.
"ސްޕައި" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ ތެރޭގަ އެވެ. މި ފިލްމް ޕްރޮޑިއުސްކޮށްފައި ވަނީ ފޮކްސް ސްޓާ ސްޓޫޑިއޯއިންނެވެ.
ބޮލީވުޑްގައި މަސައްކަތް ކުރަމުން ހޮލީވުޑުން ލިބޭ އޮފާތައް ގަބޫލް ކުރުމަކީ ބޮލީވުޑްގެ ތަރިންނަށް ލިބޭ ބޮޑު ފަހުރެކެވެ.
ރަންބީރު ކަޕޫރާ އެކު 2011 ވަނަ އަހަރު "ރޮކްސްޓާ" އިން ބޮލީވުޑަށް ނިކުތުމަށް ފަހު ނަރުގިސް ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "މެޑްރާސް ކެފޭ" އަދި "މޭ ތޭރާ ހީރޯ" ފާހަގަކޮށްލެވެ އެވެ.
މީގެ އިތުރުން ބައެއް ފިލްމުތަކުގެ އައިޓަމް ލަވަތައް ވެސް އޭނާ ކުޅެފައިވެ އެވެ.
އޭގެ ތެރެއިން އެންމެ ފަހުގެ ލަވައަކީ މިދިޔަ އަހަރު ރިލީޒްވި ސަލްމާން ހާންގެ "ކިކް" އަަށް ސަލްމާނާ އެކު ނަރުގިސް ކުޅުނު "ޑެވިލް" ލަވަ އެވެ.